އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް އޭޑީކޭ ތަފާތު ގޮތަކަށް!

ކިޔުމަށް ހޭދަވާނީ 1މ 19ސ
އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް އޭޑީކޭ ތަފާތު ގޮތަކަށް!
އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވައި ހިލޭ ސްކްރީން ކޮށްދޭން އޭޑީކޭ ހޮސްޕިޓަލުން ނިންމައިފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށް، ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުން އޮންނާނެ ކަމަށެވެ.

ބްލޮކް އޭގެ 22 ވަނަ ކޮޓަރި އަށް ދިއުމުން އެކަމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮކްޓޫބަރު މަހަކީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރަން ބައިނަލްއަގުވާމީ ގޮތުން ހަމަޖައްސާފައިވާ މަހެވެ. މި މަހުގެ ތެރޭގައި އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަން ރާއްޖޭގައި އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

އޭޑީކޭން ވިދާޅުވި ގޮތުގައި ސްކްރީނިންގެ އިތުރުން އަމިއްލަ އަށް އެކަން ދެނެގަނެވޭނެ ގޮތްތައް ވެސް ދަސްކޮށްދޭނެ ކަމަށެވެ.

މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ވެސް ސްކްރީނިން ހިންގާނެ އެވެ.

އުރަމަތީގެ ކެންސަރު ދެނެގަންނަން ދަސްކޮށްދޭނެ ކްލާސްތަކެއް ނަގައިދޭން ވެސް އޭޑީކޭން އަންނަނީ ތައްޔާރުވަމުންނެވެ. އެ ކްލާސްތަކާ ބެހޭ މައުލޫމާތު ފަހުން އާއްމުކުރާނެ އެވެ.

މިއަދު އޮންލައިން