ރާއްޖޭގެ ޓޫރިޒަމް އޮކިއުޕަންސީ 63 އިންސައްތައަށް!

ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖޭގެ ޓޫރިޒަމް އޮކިއުޕަންސީ 63 އިންސައްތައަށް!
މިދިޔަ އޮގަސްޓް މަސް ނިމުނުއިރު، ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އޮކިއުޕެންސީ ހުރީ 63 އިންސައްތައިގަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 972،839 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މުއްދަތާ އަޅާބަލާ އިރު 9.1 އިންސައްތައިގެ ކުރިއެރުމެކެވެ.

އަހަރު ނިމުމަކަށް ދާ އިރު ރާއްޖެ އަށް މި އަހަރުގެ ތެރޭގައި މިހާތަނަށް ޓޫރިސްޓުން އެންމެ ގިނަ ޒިޔާރަތް ކޮށްފައިވާ ދިހަ ގައުމުގެ ކުރީގައި އުޅެނީ ޗައިނާ އެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް މިހާތަނަށް 194،111 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

މި ލިސްޓްގައި ދެން ހިމެނޭ ގައުމުތަކަކީ އިނގިރޭސި ވިލާތް (75،205 ޓޫރިސްޓުން)، ޖަރުމަން (71،141 ޓޫރިސްޓުން)، އިޓަލީ (69،787 ޓޫރިސްޓުން)، އިންޑިއާ (51،075 ޓޫރިސްޓުން)، ރަޝިއާ (47،292 ޓޫރިސްޓުން)، ފްރާންސް (35،117 ޓޫރިސްޓުން)، އެމެރިކާ (27،066 ޓޫރިސްޓުން)، ޖަޕާން (26،542 ޓޫރިސްޓުން) އަދި އޮސްޓްރޭލިއާ (23،929 ޓޫރިސްޓުން) އެވެ.
މިއަދު އޮންލައިން