ބަލިވެސް ވާނެ، ބަލި ޤަބޫލުކުރަންވެސް ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ބަލިވެސް ވާނެ، ބަލި ޤަބޫލުކުރަންވެސް ޖެހޭނެ!
މިދިޔަ މަހުގެ 23 ވަނަ ދުވަހު ވޯޓުލާން ދިއުމުން މީހުންގެ އައިޑީކާޑްތައް ޗެކްކުރީ ޕީޕީއެމްގެ މީހުން ނެވެ. ވޯޓުލާން ދާނެ ކިޔޫ ނަމްބަރު ދިނީ އެމީހުންނެވެ. ލިސްޓްގައި ނަން އޮތްތޯ ބެލީއެމީހުންނެވެ. އިނގިލީގައި ފާހަގަ ޖެހީ އެމީހުންނެވެ.

ވޯޓު ކަރުދާސްކޮޅު ދޫކުރީ އެމީހުންނެވެ. ވޯޓު ލައި ނިމުމުން ވޯޓު ގުނައި ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅީވެސް އެމީހުންނެވެ. އަދިޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީން ނާކާމިޔާބުވި ކަމަށް ކަނޑައަޅައި ކޮންމެ ވޯޓު ފޮށްޓެއްގެ ނަތީޖާ އިޢުލާން ކުރީވެސް ހަމަ ޕީޕީއެމަށް މަރުދިން މީހުންނެވެ.

މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 262،135 މީހުންނާއި އޭގެ ތެރެއިން ނުކުމެ ވޯޓުލީ 233،415 މީހުން އެނގި ހާމަކަން ބޮޑުގޮތެއްގައި ހިނގާދިޔަ ކަންކަމެވެ.

ބަލި ޤަބޫލުކުރަން އުނދަގޫވެސް ވާނެއެވެ. އުއްމީދު ކުރެއްވި ގޮތް ނުވީމާ ދެރަވެސްވާނެއެވެ. އެކަމަކު އޭގެ މާނައަކީ މަގު މައްޗަށް ނުކުމެ ޤައުމު ހަލަބޮލި ކުރާށެކޭ ނޫނެވެ.

އަމާން ދޭން ދެކޮޅު ހަދާ ބޮޑާ ހާކާނީ އެއްމެ ފިނޑި ލީޑަރުންނެވެ. ކޮންމެއަކަސް އަދި ތިޔައީކީ ސަޅި ގޮތެއް ނޫނެވެ. ރައްޔިތުން ގޮތް ނިންމައިފިއެވެ. ބޮޑުތަނުން ނޫނެކޭ ބުނީމަ އެވީ އެކަންޤަބޫލު ކުރާށެވެ. ތިރީސް އަހަރުގެ ދިގު ވެރިކަމަކަށްފަހު މަނިކުފާނުގެ ބޮޑުބޭބެވެސް ބަލި ޤަބޫލުކުރީއެވެ. ރައީސް އަބްދުއް ﷲ ޔާމިންއެވެ. ބަލި ޤަބޫލުކުރައްވާށެވެ.
މިއަދު އޮންލައިން