މިއަދު މީހަކު ބުނީ އޭނާގެ ރައްޓެއްސަކަށް ބޭންކުން ދިން 1000 ރުފިޔާގެ ނޫޓެއް ހިފައިގެން ގޮސް ފިހާރައަކަށް ވަދެފައި އެއްޗެއް ގަންނަން ނޫޓު ބޭނުންކުރަން ބެލި އިރު ނޫޓުގައި ދެ ސުން ނެތް ކަމަށާއި އޮތީ 10 އަކަށް ބަދަލުވެފައި ކަމަށެވެ.
1000 ރުފިޔާގެ ނޫޓު ޗާޕުކޮށްފައި މިވަނީވެސް ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަނިކޮށެވެ. 500 ރުފިޔާ ވެސް މާރު ނުކުރެވިގެން ދަތިތައް ކުރިމަތިވާއިރު 1000 ރުފިޔާ ހިފައިގެން ގޮސް އާދައިގެ ފިހާރައަކުން އެއްޗެއް ގަންނަން ކުރިމަތިވާނެ ދަތިތައް ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.
އެހެންކަމަށްވާއިރު މިހުރިހާ ކަންކަމަށް ބަލައި ކުރަންޖެހޭނެ ކަމަކީ ރާއްޖޭގައި މިހާރު ބޭނުންކުރާ ހުރިހާ ރުފިޔާއެއް އުވާލައި އެ ރުފިޔާ ބޭނުން ނުކުރެވޭނެ ގޮތް ހެދުން ކަމާއިމެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ. އަދި މީހަކު މިހެން ބުނާތީ އެ މައްސަލަ ކޯޓަކަށް ވައްދައި ރާއްޖޭގެ މާލީ އިދާރާގައި ހުރި ހުރިހާ ނޫޓުތައް ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށުން ޗެކުކުރަން އެދިއްޖެ ނަމަ ކޯޓުން ހަމަ އެފަދަ އަމުރެއް ނެރެދޭން ޖެހޭނެ ކަމާއިމެދުވެސް މިވަނީ ސުވާލު އުފެދިފައެވެ.