ފުލުފުލުގައި 3 ދުވަހު އިންތިޚާބު ބޭއްވި ނަމަވެސް ތަފާތު ބޮޑުވުން ނޫން ކަމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ފުލުފުލުގައި 3 ދުވަހު އިންތިޚާބު ބޭއްވި ނަމަވެސް ތަފާތު ބޮޑުވުން ނޫން ކަމެއް ނުވާނެ!
ސްޕްރީމް ކޯޓަށް ރައީސް ޔާމީނު ހުށަހަލުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ޙުކުމް ޢަވަސްވުމަށް ގިނަ ބައަކު އެދެއެވެ. ގިނަ ބައަކު ބުނަނީ މިހާރު ރައްޔިތުން ތިބީ ވާނުވާ ނުއެނގި ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން ވާނުވާ ވީހައި އަވަހަކަށް އެނގެން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ޚިޔާލު ފައުޅުކުރާ މީހުންގެ 85 އިންސައްތަ މީހުން ޤަބޫލުކުރަނީ ރައީސް ޔާމީނު އެދިވަޑައިގެންފައިވާ ގޮތަށް ސްޕްރީމް ކޯޓުން އިންތިޚާބު ބާޠިލު ނުކުރާނެ ކަމަށެވެ. އެގޮތަށް ޤަބޫލުކުރާ މީހުން ބުނަނީ އިންތިޚާބުގެ ނަތީޖާ ނުވަތަ ރައްޔިތުން އެދޭ ގޮތް ބެލުމަށްޓަކައި ފުލުފުލުގައި 3 ދުވަހު އިންތިޚާބު ބާއްވަން ޙުކުމް ކޮށްގެން ވޯޓު ލެއްވުވި ނަމަވެސް އެއްދުވަހުން އަނެއް ދުވަހަށް ދެ ކެނޑިޑޭޓންގެ ތަފާތު ބޮޑުވެ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދާނީ ކޮންމެ ދުވަހަކުވެސް ތާއީދު އިތުރުވެ ތާއީދު ބޮޑުވަމުން ކަމަށެވެ.

ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވަނީ އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ ނެރުން ޤާނޫނުގައި ބުނާ އެންމެ ފަހުވަގުތާއި ހަމައަށް ލަސްކޮށްދިނުމަށް ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނުގައި އެދުނު ފަދައިން ސްޕްރީމް ކޯޓުގެ ޙުކުމް ވެސް ޤާނޫނުގައި ބުނާ އެންމެ ފަހު ދުވަހަށް މަޑު ޖައްސައިލަން ރައީސް ޔާމީން ބޭނުންފުޅުވާނެ ކަމަށެވެ.

އިންތިޚާބާއި ގުޅޭ ޤާނޫނުގައި ބުނަނީ އިންތިޚާބާއި ބެހޭ އެއްވެސް މައްސަލައެއް ކޯޓަކަށް ހުށަހަޅާނަމަ ދާއިމީ ނަތީޖާ އިއުލާނުކުރާތާ 14 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ކޯޓަކަށް ހުށަހަލައިފިނަމަ ދާއިމީ ނަތީޖާ އިއުލާނުކުރާތާ 30 ދުވްހުގެ ތެރޭގައި ޙުކުމް ކުރަން ޖެހޭނެ ކަމަށެވެ. ވީމާ އިންތިޚާބާއި ބެހޭ ޤާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު މިފަހަރު ހަމަވާނީ މިހިނގާ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10.50 އަށެވެ.

މި ކަމާއި ގުޅިގެން ދުސްތޫރީ މައްސަލައިގެ ބޮކި ދިއްލެން ކިހާ ދުވަހެއް ނަގާނެތޯ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވަނީ ސުވާލު ކުރައްވައިފައެވެ.

ކެނއދޫ ދާއިރާގެ މެންބަރު، ޤާނޫނީ ވަކީލް އަލީ ހުސައިން ވަނީ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ޕީޕީއެމުން ހުށައަޅާފައިވާ ދުސްތޫރީ މައްސަލާގައި ހުކުމްކުރުން ލަސްކުރަނީ ކީއްކުރަންތޯ އާއި ހުކުމް ލަސްކޮށްގެން ފައިދާ ވަނީ ކާކަށްތޯވެސް ސުވާލުކުރައްވާފައެވެ. މީގެ އިތުރަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް އިޝާރަތްކުރައްވައި "ތިޔަ އުޅުއްވަނީ ކާކުދެކެ ބިރުންތޯ"ވެސް އަލީ ހުސައިން ވަނީ ސުވާލުކުރައްވައިފައެވެ.

މިހާރަކަށް އައިސް ކޮންމެ ދެމީހަކުހެން ބައްދަލުވުމުން ފުރަތަމަ ކުރާ ސުވާލަކަށްވެފައި އޮންނަނީ "ކިހިނެއްތަ ވާން މިއުޅެނީ؟" ފަދަ ސްޕްރީމް ކޯޓުން ކޮށްފާނެ ޙުކުމާއި ގުޅޭ ސުވާލުތަކެވެ.

މިއަދު އޮންލައިން