23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅިގެން ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަޅުއްވާފައިވާ މައްސަލައިގެ ޙުކުމް އިއްވާނީ 5 ފަނޑިޔާރުންގެ އިއްތިފާޤުންކަން ބަޔާން ކުރުމުގެ ގޮތުން ގިނަ ފަރާތްތަކަކުން 0-5 ޓްވީޓް ކުރަމުން އެބަގެންދެއެވެ.
ކޮންމެ ކޮޅަކަށް މައްސަލަ ނިންމި ނަމަވެސް ނިންމާނީ 0-5 އިން ކަމަށް ގިނަ ބައަކު ބުނަމުން އެ ގެންދަނީ މި މައްސަލައިގެ ޙުކުމުގައި އެނޫން ގޮތެއް ނޯންނާނެ ކަމަށް އެމީހުންނަށް ޤަބޫލުކުރެވޭތީއެވެ.
މިސާލަކަށް މައްސަލަ ނިމުނީ ރައީސް ޔާމީނާއި އެއްކޮޅަށް ކަމަށްވެފައި އެކަމަށް 2 ނަވަތަ 1 ފަނޑިޔާރުން ތާއީދު ނުކޮށްފިނަމަ ވާނެ ގޮތް ކަމަށް 5 ފެބްރުއަރީގެ މަންޒަރު ސިފަވާނެއެވެ. މައްސަލަ ނިމުނީ ރައީސް ޔާމީން ހުށަހެޅުއްވި ގޮތަށް ނޫން ކަމަށްވީނަމަވެސް، ވޯޓުލީ މީހުންގެ ތާއީދާއި އެއްގޮތަށް ކަމަށްވެފައި އެކަމަށް 2 ނުވަތަ 1 ފަނޑިޔާރަކު ދެކޮޅު ހަދައިފިނަމަ ރައްޔިތުންގެ ނަފްރަތުވެސް ހަމަ ރައްދުވާނެއެވެ.
މައްސަލަ ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ނިންމާނީ 5 ފަނޑިޔާރުންގެ އިއްތިފާޤުން ކަމަށް ގިނަ ބައަކު ބުނަމުން އެގެންދަނީ މިފަދަ ސަބަބުތަކަށްޓަކައި ކަމަށް ޤަބޫލުކުރެވެއެވެ.