ފުޅާ ދާއިރާއެއްގައި ސިއްހީ ޚިދުމަތް ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލްގެ ހަވަނަ ފާމަސީ ނުވަތަ ބޭސް ފިހާރައި މާފަންނުގައި ހުޅުވައިފިއެވެ.
ޢީދު މިސްކިތް ހުންނަ ހަނދުވަރީ ހިނގުމުގައި ހުޅުވި މި ފާމަސީން ވެސް އާސަންދައިގެ ޚިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ބޭހުގެ އިތުރުން އޭޑީކޭއިން ރާއްޖެ އެތެރެކުރާ ބައެއް އެހެން ޕްރޮޑަކްސްޓްތައް އާ ފާމަސީން ލިބެން ހުރެ އެވެ. އޭގެ ތެރޭގައި ޑްރައިޕާސް ނެޕީ އާއި މިލްކީ އަދި މިލްގްރޯ ހިކިކިރު އަދި ލިބްރެސް ސެނިޓަރީ ނެޕްކިން ހިމެނެ އެވެ. ފުރޮޅުލީ ގޮނޑި އާއި ހުޅުހުޅުގައި އަޅާ ގާޑް ވެސް ލިބެން ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ޖަވާހިރު މަގުގައި ހުރި އޭޑީކޭގެ ފާމަސީ ވަނީ ބަންދުކޮށްފައެވެ. ނަމަވެސް، ބަންދު ކުރި ސަބަބެއް އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ.