ޕީއެސްއެމްގެ 3 ވެރިޔަކާ ދެކޮޅަށް އެތަނުގެ މުވައްޒަފަކު ފުލުހަށް!

ކިޔުމަށް ހޭދަވާނީ 55ސ
ޕީއެސްއެމްގެ 3 ވެރިޔަކާ ދެކޮޅަށް އެތަނުގެ މުވައްޒަފަކު ފުލުހަށް!
ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) އާ ދެކޮޅަށް އެތަނުގެ މުވައްޒަފަކު އަބުރުގެ ދައުވާ ކުރުމަށް ފުލުހަށް ގޮސްފިއެވެ.

އެގޮތުން ފުލުހަށް ގޮސްފައިވަނީ އެތަނުގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު އަފްސަލް ނަމަކަށް ކިޔާ މީހެކެވެ.

އަފްސަލް މައްސަލަ ހުށަހަޅާފައިވަނީ ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ހަލީލާއި، ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިކްރާމް އަބްދުލް ލަތީފާއި، އަދި ޕީއެސްއެމްގެ ޑިރެކްޓަ އޮފް ނިއުސް ފަޔާޒު ޔޫސުފުއާއި ދެކޮޅަށެވެ.

ހަގީގަތް އޮޅުވާލާ، ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކާ އޭނާގެ ބޮލުގައި އިލްޒާމުތަކެއް އަޅުވާފައިވާ ކަމަށާއި އެ ތިން ބޭފުޅުންގެ އެ އަމަލުތަކުގެ ސަބަބުން އޭނާއާއި އެކު މަސައްކަތް ކުރާ މީހުން އޭނާއާއި އެކި ސުވާލުތައްކޮށް، އޭނާއާއި މެދު މީހުން ދެކެމުން އައި ގޮތް ބަދަލުވެ އޭނާގެ އަބުރަށާއި އިއްޒަތަށް ގެއްލުން ވެފައިވާ ކަމަށް އަފްސަލް މިމައްސަލަ ފުލުހުންނާ ހިސާބަށް ގެންދިޔަ އިރު، މި ކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިއަދު އޮންލައިން