އޭޑީކޭ ހޮސްޕިޓަލުގެ "އެމްޕްލޯއީ އޮފް ދަ އިޔަރ 2017" ގެ ޝަރަފު ޑރ. އިޝްވޮރ ޝަރުމާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އޭޑީކޭ ހޮސްޕިޓަލުގެ "އެމްޕްލޯއީ އޮފް ދަ އިޔަރ 2017" ގެ ޝަރަފު ޑރ. އިޝްވޮރ ޝަރުމާއަށް!
އޭޑީކޭ ހޮސްޕިޓަލުގެ "އެމްޕްލޯއީ އޮފް ދަ އިޔަރ 2017" ގެ ޝަރަފު ޑރ. އިޝްވޮރ ޝަރުމާ ޙާޞިލުކޮށްފިއެވެ. އޭނާއަށް މި ޝަރަފު އަރުވާފައިވަނީ ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މުވައްޒިފުން ކުރާ ޚިދުމަތުގެ އަގުވަޒަންކޮށް އެވޯޑް ދިނުމަށް ރޭ ވޭއްވި ރަސްމިއްޔާތުގައި "ގޯލްޑް ޕަރފޯރމޭންސް 2017" ވަނީ 5 މުވައްޒިފަކު ޙާޞިލުކޮށްފައެވެ. އެއީ ޑރ. ޔޮގިތާ ޗެތަން ޚުތެމަތެ އާއި ޖީ. ލިފްނީ ރާޖަން އާއި، ޑރ. ޕްރަތީޝުއާ ކަތަމަރެޑީ އާއި ފާޠިމަތު އާސްތާނާ އާއި މުޙައްމަދު ވަޙީދު އެވެ.



މި ރަސްމިއްޔާތުގައި "ސިލްވަރ ޕަރފޯމޭންސް 2017" ވެސް ވަނީ 5 މުވައްޒިފަކު ޙާޞިލުކޮށްފައެވެ. އެއީ، ފާޠިމަތު ސަމީރާ އާއި އިނާޔަތު އަލި ދީދީ އާއި ޝައްރިން ޗެލައްޕަން އާއި ސިސީލިއާ ރާޖް ކްލިމްނެދް ޢާއި ކޭ.ޑަބްލިޔޫ.ޑީ ހެމަންތަ ލަކްމަލް ވިތަނަގެ އެވެ.



މިރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލް ވިދާޅުވީ މިއީ އެ ހޮސްޕިޓަލުން މުވައްޒިފުންގެ އަގު ވަޒަންކުރަން ބާއްވާ މިފަދަ 8 ވަނަ ރަސްމިއްޔާތު ކަމަށެވެ. އަދި އޭޑީކޭގެ ކޮންމެ މުވައްޒިފަކީ ވެސް ވަރަށް ޚިދުމަތްތެރި މުވައްޒިފެއް ކަމަށާއި މިއަހަރުވެސް އެވޯޑަށް 100 އަށްވުރެ ގިނަ މުވައްޒިފުން ކުރިމަތިލި ކަމަށާއި ނަމަވެސް ކޮންމެ އަހަރަކުވެސް އެވޯޑް ލިބެނީ ޚާއްބަ ބައަކަށް ކަމަށެވެ.

އަފްޢާލް ވިދާޅުވީ މުވައްޒިފުންގެ އަގު ވަޒަން ކުރުމުގައި މުވައްޒިފުންގެ އުފެއްދުންތެރިކަމަށް ބެލެވޭ ކަމަށެވެ. ދި އެ މުވައްޒިފަކު ޚިދުމަތުގައި ދައްކައިދީފައިވާ ކަންކަމަށް ވެސް ބެލެވޭ ކަމަށެވެ.
މިއަދު އޮންލައިން