އަވަސް ޚިދުމަތަކާއެކު ކަނޑު އަޑީގެ ހުރިހާ މަސައްކަތެއްވެސް ނުހަނު ހެޔޮ އަގުގައި- ރާއްޖެ ޑައިވާސް

ކިޔުމަށް ހޭދަވާނީ 3މ 11ސ
އަވަސް ޚިދުމަތަކާއެކު ކަނޑު އަޑީގެ ހުރިހާ މަސައްކަތެއްވެސް ނުހަނު ހެޔޮ އަގުގައި- ރާއްޖެ ޑައިވާސް
ކަނޑުއަޑީގެ މަސައްކަތްތަކޭ ބުނުމުން، އެއީ ކޮން މަސައްކަތްތަކެއްކަން ގިނަ ބަޔަކަށް ނޭނގި ދާނެއެވެ. ކަނޑު އަޑީގައި ހުންނާނީ ކޮން މަސައްކަތެއްބާއޭ، ގައު ނަގާ މުރަކަ ނެގުން ފަދަ މަސައްކަތް ބާއޭ ވެސް ހިތައް އަރާފާނެއެވެ.

ދަތުރުފަތުރު ކުރާއިރު ބައެއް މައްސަލަތަކަކީ، ކަނޑު އަޑިއަށް ގޮސްގެން ނޫނީ ހައްލު ނުކުރެވޭނެފަދަ މައްސަލަތެކެކެވެ. މިފަދައިން މައްސަލަތައް ހައްލު ކުރުމަކީ ކަނޑުގެ އަޑިން ކުރާ މަސައްކަތްތަކެވެ.

ރާއްޖޭގައި މިފަދަ މަސައްކަތް ކުރުމަށް ނަން މަޝްހޫރުވެފައިވާ ބަޔަކީ ރާއްޖެ ޑައިވާސް އެވެ.



ދެބެން އުފެއްދި މިކޮމާރޝަލް ޑައިވިންގް ވިޔަފާރީގައި، ކަނޑުއަޑީގައި ޑައިވް ކޮށްގެން ކުރާ ހުރިހާ މަސައްކަތްތަކެއް ކޮށްދެއެވެ.

މިމަސައްކަތްތަކުގެ ތަފްސީލެއް ދެމުން ރާއްޖެ ޑައިވާސް ގެ މެނޭޖިން ޑިރެކްޓާ އަހުމަދު ފައިސަލް "މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ރާއްޖެ ޑައިވާސް އަކީ، ޑައިވް ކޮށްގެން ކަނޑު އަޑީގައި ކުރަން ޖެހޭ މަސައްކަތްތައް ކޮށްދޭ ބައެއް ކަމުގައެވެ. އެގޮތުން ކަނޑުއަޑީގައި ސިވަރޭޖް ހޮޅި އެޅުމާއި ސާރވޭ ކުރުމާއި، ނަގިލި ގެއްލުނީމަ ނަގައި ދިނުމާއި ރިސޯޓުތަކުގެ ފަޅު ސާފުކޮށް ދިނުމުގެ އިތުުރުން ކަނޑުއަޑީގެ ވީޑިއޯގްރަފީ ވެސް ހަދައިދެއެވެ.

"އިންސްޕެކްޝަން ޑައިވިންގް (ބޯޓު ފަހަރަށް ލިބިފައި ހުންނަ ގެއްލުން ބަލައިދިނުން) ވެސް އަަޅުގަނޑުމެން ކުރަން މިމަސައްކަތްތަކަކީ ޕްރޮޖެކްޓް ބޭސިސްކޮށް ކުރާ މަސައްކަތްތަކެއް. ހަމަ ކޮންމެ ބަޔަކު ވެސް ގުޅާލީމަ ޚިދުމަތް ދެން. އެއީ ރިސޯޓު ތަކުން ވިޔަސް، ބޮޑެތި އެހެން ކުންފުނިތަކުން ވިޔަސް ސަފާރީ ތަކުން ވިޔަސް އަދި އަމިއްލަ ފަރުދެއް ވިޔަސް އަޅުގަނޑުމެންނަށް ގުޅާލުމުން ހަމަ އެންމެ އަވަސް ޚިދުމަތެއް ދެން. ރާއްޖެ ޑައިވާސްގެ އެންމެ ޚާއްސަ ކަމަކީ ގުޅާލުމާއެކު އަވަސް ޚިދުމަތެއް އަޅުގަނޑުމެން ހަމަ ކޮންމެ ކަސްޓަމަރަކަށް ވެސް ދިނުން، އަދި އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއްގައި ވެސް ހަމަ އުޅޭނީ މިކަމުގެ (ޑައިވިންގެ) ތަޖުރިބާ ހުރި ދިވެހިން." ފައިސަލް ވިދާޅުވެފައިވެއެވެ.



ރާއްޖެ ޑައިވާސް އިން ކޮށްދޭ މަސައްކަތްތަކުގެ އަގު ކަނޑައަޅަނީ ދެފަރާތުން ވާހަކަ ދައްކައިގެން އެއްބަސްވާ ގޮތަކަށް ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ.

މީގެ ތިން އަހަރު ކުރިން 2015 ގައި ފެށުނު މިކުންފުނިން މިހާތަނަށް ކޮށްފައިވާ ޚާއްސަ މަސައްކަތްތަކުގެ ތެރޭގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ކަމަށްވާ "ސިނަމާލެ ބްރިޖު" ގެ މަަސައްކަތެއް ވެސް ކުރިއެވެ.

"ސިނަމާލެ ބްރިޖު ހެދިއިރު، ކަނޑު އަޑީގައި ކުރާ (ޑައިވަރުން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް) ކުރީ ރާއްޖެ ޑައިވާސް އިން. އޭގެ އިތުރުން ސްޓެލްކޯގެ ސިވަރޭޖް މަސައްކަތްތައް ވެސް ކުރިން. އަދި ދިއްފުށީ ފާހާނާ ހޮޅީގެ މަސައްކަތްތައް ވެސް ކުރިން. މީގެ އިތުރުން ކުރި ވަރަށް މުހިންމު މަސައްކަތެއް ބޮޑެތި ދަގަނޑު ބޯޓުތަކާއި ސަފާރީ ތަކުގެ ހަލް ސާފު ކުރުން ވެސް. އެއީ ހަލްގައި ޖަހާފަ ހުންނަ ފެހަ ކެހުމާފަދަ ކަންކަން" ފައިސަލް ވިދާޅުވިއެވެ.



ޑައިވިން ސްކޫލެއް ހުޅުވައިގެން އެންމެ ފުރަތަމަ ފެށި ކަނޑު އަޑީގެ އެކިއެކި ތަޖުރިބާތައް، ރާއްޖެ ޑައިވާސް ވަނީ މިހާރު މިވަނީ އެއަށްވުރެ މަތީ ހަރުފަތަކަށް އަރާފައެވެ. ކަސްޓަމަރުންގެ ފަރާތުން މުޅިން ވެސް ލިބެނީ އުފާވެރި ފީޑްބެކް އެވެ. އެއްވެސް ޝަކުވާއެއް އަދި މިހާތަނަށް ރާއްޖެ ޑައިވާސް އަށް ލިބިފައި ނުވާކަމީ ވެސް، ރާއްޖެ ޑައިވާސް ގެ ކަސްޓަމަރުން ހިތްހަމަ ޖެހިފައި ތިބި ކަމުގެ އެންމެ ބޮޑު އެއް ހެއްކެވެ.

ކަނޑުއަޑީގެ އެއްވެސް މަސައްކަތެއް ކުރަން ބޭނުންފުޅު ނަމަ 7772822 އަށް ގުޅާލާ ތަފްސީލު ދެއްވަވާ، ރާއްޖެ ޑައިވާސްގެ މަސައްކަތްތައް އިތުރަށް ބޭނުންނަމަ ފޭސްބުކް އަށް ފޮލޯ ކޮށްލައްވާ!

މިއަދު އޮންލައިން