"ޖަޒީރާ ހޮޅުއަށި" ގައި ކޯލިޝަނުގެ އެންމެ އިސް ލީޑަރުން ބައިވެރިވެވަޑައިގެން ރައްޔިތުންގެ އަޑު އައްސަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
"ޖަޒީރާ ހޮޅުއަށި" ގައި ކޯލިޝަނުގެ އެންމެ އިސް ލީޑަރުން ބައިވެރިވެވަޑައިގެން ރައްޔިތުންގެ އަޑު އައްސަވައިފި

ދަރުބާރުގޭގައި މިރޭ ކުރިއަށް ގެންދިއަ "ޖަޒީރާ ހޮޅުއަށި" ގައި ކޯލިޝަނުގެ އެންމެ އިސް ލީޑަރުން ބައިވެރިވެވަޑައިގެން ރައްޔިތުންގެ އަޑު އައްސަވައިފިއެވެ.

 

އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި އެމްއާރުއެމްގެ އިސް ބޭފުޅުން މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިރޭގެ ޕްރޮގްރާމް ޚާއްޞަކޮށްފައިވަނީ މާލޭގެ މަގުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުން ކަމަށްވާއިރު ބައެއް ބައިވެރިން ވަނީ ސަރުކާރުގެ އިތުރު އޮފީސްތައް މާލޭގައި އިމާރާތް ނުކުރުމަށާއި މިހާރު ހުރި އޮފީސްތައްވެސް ވީހައި އަވަހަކަށް ހުޅުމާލެއަށް ބަދަލުކުރުމަށް ޚިޔާލު ހުށަހަޅައިފައެވެ. ބައިވެރިން ފާހަގަކުރި ގޮތުގައި ސަރުކާރުގެ އޮފީސްތަކުން ޚިދުމަތް ހޯދަން ގިނަ ބައަކު އެތަން ތަނަށް ދާންޖެހުމަކީ ވެހިކަލްތަކުން މަގުތައް ތޮއްޖެހޭ އެންމެ ބޮޑު އެއް ސަބަބެވެ.

 

ރަސްފަންނު ތަރައްޤީކޮށް މަގުތަކަށް ގެނެސްފައިވާ ބަދަލުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު ބަންދުކޮށްފައި އޮތުމަކީވެސް، އައިޖީއެމްއެޗް ކުރިމަތިން އޮންނަ ކަނބާ އައިސާރަނި ހިނގުމަށް ބާރުބޮޑުވެ ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ސަބަބެއް ކަމަށްވެސް ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

 

 

 

މިއަދު އޮންލައިން