ސިއްޙަތައް ފައިދާހުރި އުފެއްދުންތައް ތައްޔާރުކުރުމުގައި 99 އަހަރުގެ ތަޖުރިބާލިބިފައިވާ، އަދި ދުނިޔޭގެ 130 ޤައުމެއްގައި ހިންގަމުން ގެންދާ، މަޝްހޫރު ޑެނޯން ކުންފުނީގެ އުފެއްދުންތައް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ހެޔޮ އަގެއްގައި ތަޢާރަފްކޮށްފިއެވެ.
ޑެނޯންއަކީ ފްރާންސްއަށް ނިސްބަތްވާ ކޯބާތަކެތި އުފައްދާ ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. މިކުންފުނީގެ އުފެއްދުންތައް ދުނިޔޭގެ އެކި ބައްރުތަކުގައި އުފައްދާ އެކްސްޕޯރޓްކުރަމުންދެއެވެ. މިގޮތުން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފައިވަނީ ޑެނޯން ކުންފުނީގެ އުފެއްދުންތައް މިސަރަހައްދަށް ފޯރުކޮށްދެމުންދާ ޑެނޯން އިންޑިޔާގެ "ޑެނޯން އާރލީ ލައިފް ނިއުޓްރިޝަން"ގެ މައިގަނޑު 3 ބާވަތެއްގެ އުފެއްދުމެވެ.
"ޑެނޯން އާރލީ ލައިފް ނިއުޓްރިޝަން"ގެ އުފެއްދުންތަކަކީ މައިމީހާ ބަނޑުބޮޑު ވީއްސުރެ ދަރިފުޅަށް 2 އަހަރު ވުމާއި ހަމައަށް ހޭދަވާ 1000 ދުވަހަށް މައިމީހާ އަދި ދަރިފުޅުގެ ދުޅަހެޔޮ ސިއްޙަތަށް ބޭނުންވާ މުހިންމު މާއްދާތައް ހިމަނައިގެން އުފައްދާފައިވާ އުފެއްދުންތަކެވެ.
"ޑެނޯން އަޕްޓަމިލް" އަކީ ތުއްތު ދަރިފުޅުގެ އުމުރާއި ގުޅޭގޮތުން ދަރިފުޅުގެ ހަށިގަނޑުގެ ހެދިބޮޑުވުމާއި، ސިކުނޑިއާއި ލޮލުގެ ފެނުން ތަރައްޤީކޮށްދީ، ދިފާއީ ނިޒާމާއި، ނާރުތަކުގެ ނިޒާމަށް ބޭނުންތެރި މާއްދާތައް ލިބިގެންދާނޭ ފަދައިން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. ނަމަވެސް، ކުޑަދަރިފުޅަށް އެންމެ ރަނގަޅީ މައިމީހާގެ ގާތުންދޭ ކިރުކަމަށްވުމާއި އެކު، "ޑެނޯން އަޕްޓަމިލް" އަދި އެހެނިހެން ފޯމިއުލަރ ކިރު ތުއްތުދަރިފުޅަށް ދިނުން އެންމެ އެކަށީގެންވަނީ، ގާތުންދޭކިރު ނުދެވޭ ހާލަތުގައެވެ.
"ޑެނޯން އަޕްޓަމިލް" ބްރޭންޑުން ދަރިފުޅު އުފަންވީއްސުރެ އުމުރުން 2 އަހަރު ފުރެންދެން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހިމެނޭ 4 ބާވަތެއްގެ ފޯރމިއުލަރ ކިރު ލިބިވަޑައިގަންނަވާނެއެވެ. އެއީ ދަރިފުޅު އުފަންވީއްސުރެ 6 މަސް ފުރެންދެން ދިނުމަށް ޙާއްސަ ފޯރމިއުލަރ (އިންފެންޓް ފޯރމިއުލަރ 1)، 6 މަހުން ފެށިގެން 1 އަހަރު ވަންދެން ދިނުމަށް ޙާއްސަ ފޯރމިއުލަރ (ފޮލޯއަޕް ފޯރމިއުލަރ 2)، ތުއްތު ދަރިފުޅަށް 1 އަހަރާއި 2 އަހަރާއި ދެމެދު ދިނުމަށް ޙާއްސަ ފޯރމިއުލަރ (ފޮލޯއަޕް ފޯރމިއުލަރ 3) އަދި ދުވަސް ނުފުރާވިހާ ދަރިފުޅަށް ޙާއްސަ ފޯރމިއުލަރ (ޕްރީޓާރމް ފޯރމިއުލަރ) އެވެ.
"ޑެނޯން އަޕްޓަމިލް" ފޯރމިއުލަރ ކިރުގެ 400ގ ޕެކެޓެއް 160ރ އަށް ރީޓެއިލްކޮށް އެސްޓީއޯއިން ލިބެންހުންނާނެއެވެ.