ޑައިވަރުންގެ ޓީމުން ކުރި މަސައްކަތުންވެސް އެސްޓީއޯ ބޯޓުގެ އިންޖީނު ސްޓާޓް ނުކުރެވުނު!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ޑައިވަރުންގެ ޓީމުން ކުރި މަސައްކަތުންވެސް އެސްޓީއޯ ބޯޓުގެ އިންޖީނު ސްޓާޓް ނުކުރެވުނު!

ރާއްޖެ އައުމަށް އިންޑިއާއިން ފުރި އެސްޓީއޯގެ ބޮންތި 2 ބޯޓްގެ ބުރަފަތީގައި ވާގަނޑެއް އޮޅި ހާލުގައިޖެހިފައިވާ ބޯޓުގެ އިންޖީނު ސްޓާޓް ކުރުމަށް އެމްއެންޑީއެފުން ޑައިވަރުން ކުރި މަސައްކަތްވެސް ނާކާމިޔާބުވެއްޖެއެވެ.

 

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނުން ފެށިގެން ކުރި މަސައްކަތުން ބޯޓުގެ އިންޖީނު ސްޓާޓް ކުރެވިފައި ނުވާ ކަމަށާއި އެހެން ކަމުން އެ ބޯޓަށް ދިޔަ ޑައިވަރުންގެ ޓީމު މިއަދު މެންދުރު ފަހު 13:15 ހާއިރު މާލެ އައުމަށް ފުރާފައިވާ ކަމަށެވެ. 

 

މިހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު 14:10 ހާއިރުކަމަށް އެމްއެންޑީއެފް އިންބުނެފައިވެއެވެ.

 

މިބޯޓް ކަފު ޖެހައިގެން ގެންދިއުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

 

މިއަދު އޮންލައިން