އެންމެ އިސް ދެވެރިން ފަރުޟު 5 ނަމާދު ކުރައްވާ - ވަޒީރުންގެ ޓީމު ކިހިނެއްވާނެބާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އެންމެ އިސް ދެވެރިން ފަރުޟު 5 ނަމާދު ކުރައްވާ - ވަޒީރުންގެ ޓީމު ކިހިނެއްވާނެބާ!

17 ނޮވެމްބަރުގައި ފެށޭ ދިވެހި ކުމްހޫރިއްޔާގެ ވެރިކަން ނަގަހައްޓައި ދަމަހައްޓަން މަސައްކަތްކުރަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ ނައިބް ފައިޞަލް ނަސީމް އަކީ ފަރުޟު 5 ނަމާދު އަދާކުރައްވަމުން ގެންދަވާ ދެބޭފުޅުން ކަމުގައި ވުމެވެ.

 

ފަރުޟު ނަމާދު ޤަވާއިދުން ކުރުމަކީ އެމީހާގެ އީމާންކަން އިތުރަށް ވަރުގަދަވަމުންދާ ސަބަބެކެވެ. އިޚްލާޞްތެރިކަމާއިއެކު ފަރުޟު 5 ނަމާދު ކުރާ މީހާ ﷲ ތަޢާލާއަށް ބިރުވެތިވާނެއެވެ. މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި އަނިޔާވެރިވުމަށް ބިރުވެތިވާނެއެވެ. މީސްތަކުންނަށް އޯގާތެރިވާނެއެވެ. އިސްލާމް ދީނުގައި ނަހީ ކުރައްވަވާފައިވާ ކަންކަމެއް ނުކުރާނެއެވެ.

 

ވަރަށް މަދު ފަހަރަކު މެނުވީ ހަމައެކަނި ޓީވީ ކެމެރާ މިސްކިތަށް ގެންދެވޭ "ރަސްމިއްޔާތު" ތަކުގައި ނޫނީ މިސްކިތުން ދުވަހަކުވެސް ފެނިފައި ނުވާ ވެރިން ރާއްޖޭގައި ވެރިކަން ކޮށްފިއެވެ. އެވެރިކަންތަކުގައި ކަންކަން ވެގެންދިއަ ގޮތް ވެސް ވަނީ ފެނިފައެވެ. އެހެންކަމުން ރައްޔިތުން މިހާރު އުންމީދުކުރަމުން ގެންދަނީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިސްލާމް ދީނުގެ ކަންކަމުގަ އާއި އެހެން ކަންކަމުގައި އަންނާނެ ހެޔޮ ބަދަލުތައް ދުށުމަށެވެ.

 

ހަމަ އެއާއެކު ވަޒީރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާނީ "އަޅުގަނޑު ގޭގައި ކުރަން" ކަމަށް ވިދާޅުވާނެ މިސްކިތްތަކުން ނުފެންނަ ބޭފުޅުން ކަމުގައި ނުވުމަށްވެސް ރައްޔިތުން ތިބީ އެދިގެންނެވެ. 

މިއަދު އޮންލައިން