ފުވަމުލަކުގައި އެޗް.ޑީ.ސީގެ ކޯލް ސެންޓަރެއް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 45ސ
ފުވަމުލަކުގައި އެޗް.ޑީ.ސީގެ ކޯލް ސެންޓަރެއް ހުޅުވައިފި

ރާއްޖޭގެ އެއްމެ ބޮޑު އެއް ސިޓީ ކަމުގައިވާ ފުވަމުލައް ސިޓީގައި މިކުންފުނީގެ ކޯލް ސެންޓަރެއް ވަނީ ރަސްމީކޮށް ހުޅުވައިފިއެވެ. އަދި 1516 ހޮޓްލައިންވެސް ވަނީ އިފްތިތާހްކޮށްފައެވެ.

ފުވަމުލަކުގައި މިއަދު އިފްތިތާޙު ކުރެވިގެން މިދިއަ ކޯލް ސެންޓަރަކީ، މި ކުންފުނީގެ މަސައްކަތްތައް ހުޅުމާލެ ފިޔަވާ އެހެން ރަށްރަށަށް ފޯރުކޮށްދިނުމަށް އެޅިގެންދިއަ މުހިއްމު ފިޔަވަޅެކެވެ. މި ކުންފުންޏާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށް އެކި ބޭނުންތަކަށް މި ކުންފުންޏަށް ގުޅާ  ޙިދުމަތް ހޯދާ ފަރާތްތަކަށް ދެވޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ މި ކޯލް ސެންޓަރުގެ މައިގަނޑު އެއް އަމާޒެވެ. މީގެ އިތުރުންވެސް މި ކޯލް ސެންޓަރުގެ ސަބަބަބުން ފުވަމުލައް ސިޓީގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، މި ކުންފުންޏާއި ފުވަމުލަކުގެ ރައްޔިތުންނާ ކައުންސިލް އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކުރިމަގުގައި ފުވަމުލައް ތަރައްޤީކުރުމަށް މި ކުންފުނީގެ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމުގައި މިކުންފުނިން ޤަބޫލުކުރަމެވެ.

ވޭޗުއަލްކޮށް ބޭއްވުނު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު ވަނީ ކޯލް ސެންޓަރުގެ ސަބަބަބުން ކުންފުނިން ދެމުންގެންދާ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމުގައި ދަންނަވާފައެވެ. އަދި ފުވަމުލަކުގެ ރައްޔިތުންނާއި މި ކުންފުންޏާއި ދެމެދު އޮންނަ ގުޅުން ބަދަހިވެ، ކުރިމަގުގައި އިތުރު މަސައްކަތްތަކެއް ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމުގައި ދަންނަވާފައެވެ.

މިރަސްމިއްޔާތުގެ ބައިވެރިންނާއި ވާހަކަފުޅުދައްކަވަމުން ފުވަމުލަކުގެ މޭޔަރ އަބްދުﷲ ފަލާހް ޝަރީފް ވަނީ ފުވަމަލުކު ކައުންސިލްގެ ވިސްނުން ހުރީ ހަމައެކަނި ކޯލް ސެންޓަރަކަށް ނޫންކަމަށާއި، އެޗް.ޑީ.ސީގެ އަރބަން ސިޓީއެއް ތަރައްޤީކުރުމުގެ ފުރިހަމަ ތަޖުރިބާގެ އަލީގައި ފުވަމުލަކަށް އެތައް ތަރައްޤީއެއްގެނައުން ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ރަށްތައް ލާމަރުކަޒީކޮށް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުންގެންދާވާ މަސައްކަތްތައް ފާހަގަކުރައްވާ މިއަދު ފެށިގެން މިދިއަ ގުޅުމުގެ ސަބަބުން މިކަން ފުރިހަމަކުރުމުގެ މަގު ވަރަށް ބޮޑަށް ފަހިވެގެން ދިއަކަން ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވެސް ވަނީ ހަފްލާގެ ބައިވެރިންނާއި މުހާތަބު ކުރައްވާފައެވެ. އަދި މި ވާހަކަފުޅުގައި އެޗް.ޑީ.ސީގެ ވިސްނުން ހުރީ ހުޅުމާލެ ފަދަ އެތައް ސިޓީއެއް ރާއްޖޭގައި ތަރައްޤީކުރުމުގެ ބައިވެރިއަކަށްވެ، މިކަމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރަށްކަމަށް ވިދާޅުވެފައެވެ.

 

 

 

މިވަގުތު ޖުމްލަ 3 މުވައްޒަފަންނާއި އެކު ހުޅުވިގެން މިދިއަ ކޯލް ސެންޓަރުގައި މަސައްކަތް ކުރަމުން ދާނީ ފުވަމަލަކުން ހޮވާލެވުނު ކުދިން ކަމުގައި ދަންނަވަމެވެ. އަދި ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ ތަމްރީން ޕްރޮޤްރާމްތަކެއް ވަނީ މި މުވައްޒަފުންނަށް ހިންގިފައެވެ. މީގެއިރުތުރުން، ކުރިމަގުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ  ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރުމަކީ މިކުންފުނިން ޙާއްޞަ އަހައްމިއްޔަތު ކަމެއްދީގެން ކުރިއަށް ގެންދާނެ މަސައްކަތްތަކެއްކަމުގައި ފާހަގަކުރަމެވެ.  

މިއަދު އޮންލައިން