އެމް.ޑީ.ޕީ އަކަށް މާލެ ރަށްޔިތުންނަށް އަނިޔާވެރިވެގެން ވެރިކަމުގަ ނުތިބެވޭނެ! މާލެ ރަށްޔިތުން ގޯތި ހޯދާނެ! އިންޝާﷲ.: ކަނޑުވައި އިބްރާހީމް ރަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 31ސ
އެމް.ޑީ.ޕީ އަކަށް މާލެ ރަށްޔިތުންނަށް އަނިޔާވެރިވެގެން ވެރިކަމުގަ ނުތިބެވޭނެ! މާލެ ރަށްޔިތުން ގޯތި ހޯދާނެ!  އިންޝާﷲ.: ކަނޑުވައި އިބްރާހީމް ރަޝީދު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ އިސް ބައެއް މެންބަރުން އެމްޑީޕީ އާއި ދެކޮޅަށް މަސައްކަތްކުރިކަމުގެ ވާހަކަތައް ފެތުރުމާއި ގުޅިގެން އެކަމުގައި އިސްކޮށް ޙަރަކާތްތެރިވި އެއް މެންބަރު ކަނޑުވައި އިބްރާހީމް ރަޝީދު ޢާއި މިއަދު ނޫހުން ކުރި ބައެއް ސުވާލުތަކަށް އިބްރާހީމް ރަޝީދު ދެއްވި ޖަވާބު:  

މާލެ ރަށްޔިތުންގެ ގޯތި ހޯދަން ހިންގާ ޙަރަކާތް އުފައްދަން ޖެހުނީ ކިހިނެތް ވެގެންތޯ؟" މި ސުވާލު ކޮށްލީ އިބުރޭ އަކީ 1986 އިން ފެށިގެން އިސްލާޙީ މަސައްކަތުގަ ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅަކަށްވާތީ. 

އިބުރޭ: ރާއްޖޭގެ ސިޔާސީ މަސްރަޚް އާމެދު އަބަދުވެސް ނަޒަރު ހިންގޭ.  1986 ގަ އޭރުގެ ސަރުކާރުގެ ބައެއް ބޭފުޅުން ހިންގެވި ބައެއް ލާއިންސާނީ ޢަމަލު ތަކާދެކޮޅަށް އޭރާގުޅޭގޮތަށް މަސައްކަތް ކުރިން.  އެކަމަކު އެ މަސައްކަތުގެ ކްރެޑިޓް ޙައްޤު ފަރާތްތަކެއް އަޅުގަނޑާއެކު މަސައްކަތް ކުރި. ފާހަގަ ކޮށްލެވޭ ބޭފުޅުންނަކީ ޢަލީ ރަޝީދު ގ.ކަނޑުވައިގެ، އިބްރާހީމް ރަޝީދު ގ. ތަލްވާރުގެ، އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) ފަދަ ބޭފުޅުން. އަޅުގަނޑުމެން އޭރު ނެރުނު ލިޔުން ތަކަށް ދިން ނަމަކީ "ވައިޓްޝާރކް" މީގެ 2 ޢަދަދު ނެރެފަ ހުއްޓާލީ. އޭގެ ފަހުން އެހެން ބޭފުޅުންތަކެއް އެ ނަން ބޭނުންކޮށް ލިޔުން ތަކެއް ނެރުނު ތަނާ ކޯޓްވެގެން ޖަލަށްލާ އަރުވާލި.

ސުވާލުގެ ފުރަތަމަ ބަޔަށް ޖެހިލާނަން.  ގޯތި ޙަރަކާތް ފަށަން ޖެހުނީ 2009 ގަ ރައީސް ނަޝީގެ ޤަރާރަކުން ހުޅުމާލެ އެޗް.ޑީ.ސީގެ މިލްކަކަށް ހަދާ ހުޅުމާލެ އިން ދެވެން އޮތް 8500ގޯތި އެޗް.ޑީ.ސީ ގެ މިލްކަކަށް ހަދާ މާލެ ރަށްޔިތުންނަށް ކުރިން ދޫކުރި ގޮތަށް ގޯތި ދޫކުރުން އެމް.ޑީ.ޕީ އިން ހުއްޓާލުމާ،


އެމް.ޑީ.ޕީ ގެ 2ވަނަ ވެރިކަމުގަ މާލެ ސަރަޙައްދުގަ ބާކީ އޮތް ހުރިހާ ތަނެއް އަނެއްކާވެސް އެޗް. ޑީ. ސީ ގެ މިލްކަށް ހެދުމުން އެކަން ބަދަލު ކުރުވާ އެމް.ޑީ.ޕީ ގެ އެޖެންޑާ19، މަޖްލިސް 19، ރަށްވެހިފަތިސް ގެ ވަޢުދާ ޚިލާފަށް މާލެ ސިޓީގެ ގޯތި ޙައްޤު 40،000 ފަރުދުން ހިޖުރަ ކުރާނެ ތަނެއް ނުދައްކާ މަގުމަތި ކުރި އަނިޔާ އެމް.ޑީ.ޕީ އިން ހިންގުމުން އެކަން ބަދަލުކޮށް މާލެ ރައްޔިތުންނަށް ގެއްލުނު ޙައްޤުތަށް ހޯދާ ގޯތި ދިނުމަށް ސަރުކާރަށް ދެންނެވުމާ ޕްރެޝަރ ކުރުމަށް އުފެއްދުނު ޙަރަކާތެއް މީ.

ސުވާލު: ތިބޭފުޅުންގެ ވައިބަރ ގްރޫޕް ގަ އެކަނިވެސް 3000+ ފަރުދުންވާއިރު ތި ޙަރަކާތުގަ އެފަރާތްތަކުގެ ޢާއިލާ ތަކާއެކު 15،000 – 20،000 މީހުން ގެ ބައިވެރިވުން ލިބޭ.  ސިޔާސީ ޕާޓީ އަކަށް ބަދަލު ކުރާކަށް ނުވިސްނަންތޯ؟

އިބްރޭ: މީ ޙައްޤު ހޯދުމަށް ވަކާލާތު ކުރާ ލޮބީ ގްރޫޕެއް.  މިވަގުތު މި ޙަރަކާތުގެ ފޯކަސް އޮތީ މާލެ ސިޓީ ގެ ގޯތި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ތައް ކުރުން.

ސުވާލު: މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބް އަށް ތިބޭފުޅުން ކަންކުރާނެ ގޮތް އެމް.ޑީ.ޕީ، ރަޢީސް އޮފީސް، މަޖްލިސް އަށް ލިޔެކިއުމުން އަދި ބައްދަލުވެ ހުށައަޅާ ސަރުކާރާ މަޝްވަރާ ތަކެއް ހިންގި.  އެ މަޝްވަރާ ތަކުން އެއްވެސް ވަރަކަށް ސަރުކާރުން ދޫދޭން ނިންމިތޯ؟
 

އިބްރޭ: ރަނގަޅުވާހަކަ އެއް. އަޅުގަނޑުމެން އެމް.ޑީ.ޕީ ސަރުކާރުގެ ހުރިހާ ފަރާތްތަކާ ގޯތި ކަންތަކުގަ ބައްދަލު ކުރިން.  މަޝްވަރާ ތަކުން އެނގުނީ ސަރުކާރުން މާލެ ރައްޔިތުންނަށް ދޫދޭން ބޭނުން ނުވާކަން. މިހިސާބުން އަޅުގަނޑުމެން ޙަރަކާތުން ނިންމީ އެލް.ސީ.އީ 2021 ގަ އެމް.ޑީ.ޕީ އަށް މާލެ ސިޓީ މޭޔަރ ގެ ގޮނޑި ގެއްލުވާލާ މެސެޖް ދިނުން.  ﷲގެ ރަޙްމަތްފުޅާ އެކު އެކަން ވަރަށް ކާމިޔާބު. 

މިހާރު ތިބޭފުޅުންގެ މަސައްކަތް ގޮސްފަވަނީ ކިހާ މިންވަރަކަށްތޯ؟
އިބްރޭ: އަޅުގަނޑުމެން ސަރުކާރަށް އިތުރު ގޮތް ތަކެއް ހުށައަޅާފަ ވާނެ.  މި މައްސަލައިގަ ރަޢީސް އިބޫ ސޯލިޙް އާ 2ފަހަރު މަތިން ބައްދަލުކޮށް ތަފާތު ސޮލޫޝަންތައް ހުށައަޅާފަވާނެ.  މީގެ އިތުރުން މަޖްލިސް އަށް މިމައްސަލަ ތައް ހުށައަޅާފަވާނެ.

ސުވާލު: ކީއްވެތޯ ކުރިއެރުން ނުލިބެނީ؟

 
މާލެ ރަށްޔިތުންނަށް ގޯތި ދޭން އޮތް ފަޅުތައް ނިގުޅައިގަތީ ރަޢީސް ނަޝީދު، އަސްލަމް އިސްކޮށް ތިއްބަވައިގެން.  2009 ގަ ހުޅުމާލެ، 2020 ގަ ގުޅިފަޅު.  މިބޭފުޅުން މި އަނިޔާ ހިންގާފަ މި އަނިޔާ ގެ މައްސަލަ ހުށައެޅޭ ތަންތަނުގެ އިސްބޭފުޅުންގެ ގޮތުގަ ތިބީމަ އަމިއްލަ އަށް ކޮށްފަ އޮތް އަނިޔާ އަމިއްލަ އަށް ބަލަންޖެހުމުން ފަހަތު ފަޔަށް ބަރުވެ 5 އަހަރު އެގޮތުގަ ދައްމާލަނީ. 

ގޯތި މަސައްކަތުގެ މުސްތަޤްބަލް ކިހިނެތްތޯ؟

 
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަނިޔާ އެކަނލާގެ ޒާތުފުޅަށް ވެސް ޙަރާމް ކުރަށްވާފަ. އެމް.ޑީ.ޕީ އަކަށް މާލެ ރަށްޔިތުންނަށް އަނިޔާވެރިވެގެން ވެރިކަމުގަ ނުތިބެވޭނެ. މާލެ ރަށްޔިތުން ގޯތި ހޯދާނެ. އިންޝާﷲ.

އިބްރާހީމް ރަޝީދު ވިދާޅުވީ މިޙާލަތަށް ކަންކަން ދިއައީ އެމްޑީޕީގެ ލީޑަރޝިޕުން މާލެސިޓީގެ ރައްޔިތުންގެ އަޑުއަހަން ބޭނުން ނުވުމުން ކަމަށެވެ! "ލީޑަރޝިޕުން ވިދާޅުވީ މާލެސިޓިގެ ރައްޔިތުންނަށް ތިމަންނާ ނޯޅޭނެކަމަށް! އަޅުގަނޑުގެ ޖަވާބަކީ އަޅުގަނޑެއްވެސް، އަޅުގަނޑުމެނެއްވެސް އަދި މާލެސިޓީގެ ރައްޔިތުންނަށް ގޯތި ހޯދަން މިހިންގާ ޙަރަކާތްވެސް މާލެ ސިޓީގެ ރައްޔިތުންނަކަށް ނޯޅޭނެއޭ!"

މިއަދު އޮންލައިން