ގިނަ ބައެއްގެ ސުވާލު: އާބާދީގެ ގިނަބައަކު ވެކްސިން ޖެހުމުންވެސް މިހައި ގިނަ މީހުން ޕޮޒިޓިވްވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ގިނަ ބައެއްގެ ސުވާލު: އާބާދީގެ ގިނަބައަކު ވެކްސިން ޖެހުމުންވެސް މިހައި ގިނަ މީހުން ޕޮޒިޓިވްވަނީ ކީއްވެ؟

އެޗްޕީއޭގެ މިއަދުގެ ހިސާބުތައް ދައްކާގޮތުން މިއަދުގެ ނިޔަލަށް 296،529 މީހުން ވަނީ ކޮރޯނާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އާބާދީއަށް ބަލައިފިނަމަ އެއީ 75 އިންސައްތަކަމަށް ބުނެވިދާނެއެވެ. 101،346 މީހުން ވަނީ ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. އެއީ އާބާދީގެ 25 އިންސައްތަ ކަމަށް ބެލިދާނެއެވެ. 

މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދަކީ ވެސް ރެކޯޑް ޢަދަދެކެވެ. 465 އެވެ. 500 އާއި އަރައިހަަމކުރަނީއެވެ! 

ގިނަބައެއްގެ ސުވާލަކީ މިވަނީ ކިހިނަކުންހެއްޔެވެ؟ މިހައިގިނަބައަކު ވެކްސިން ޖެހުމުންވެސް މިހައި ގިނަ ބައަކު ޕޮޒިޓިވްމިވަނީ ކީއްވެގެން ހެއްޔެވެ؟ ޙައްލަކީ ކޮބައިހެއްޔެވެ؟ 

"މިވާގޮތެއް އެނގެން ބޭނުން! ޙައްލުކުރަން ވިސްނަނީ ކޮންގޮތަކަށްކަންވެސް އެނގެން ބޭނުން! ބަލިފައަކީ ކޮބައިކަންވެސް އެނގެން ބޭނުން!" ކަމަށް ބުނާ މީހުން ވަރަށް ގިނައެވެ. 

ގިނަބައަކު ދެކޭގޮތުގައި މުސްލިމުން ކަމުގައިވާއިރު ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެން ކުރާ ކަންކަން އިތުރުކުރަން އެބަޖެހެއެވެ. ބޭސްކެއިނަމަވެސް ވެކްސިން ޖެހިނަމަވެސް ޝިފާ ލިބުމާއި ބަލިމަޑުކަން ފިލައިދިއުމާއި ސަލާމަތްކަން ލިބުންވަނީ ﷲ ތަޢާލާ ދެއްވެވުމުންކަން ޤަބޫލުކުރަން އެބަޖެހެއެވެ.

މިއަދު އޮންލައިން