ގެއިން ބޭރަށް ގޮސްއުޅޭއިރު ބައްދަލުވާ މީހުންނަށް ސަމާލުކަންދޭން އެޗްޕީއޭއިން އިލްތިމާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ގެއިން ބޭރަށް ގޮސްއުޅޭއިރު ބައްދަލުވާ މީހުންނަށް ސަމާލުކަންދޭން އެޗްޕީއޭއިން އިލްތިމާސްކޮށްފި

ގެއިން ބޭރަށް ގޮސްއުޅޭއިރު ބައްދަލުވާ މީހުންނަށް ސަމާލުކަންދޭން އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ. 

މިސްކިތަށް ދިއުމާއިބެހޭގޮތުން އެޗްޕީއޭއިން ކުރި އިލްތިމާސްގައިވަނީ "މީހުންނާ ބައްދަލުވާ އިރު ގައިދުރުކަން ބެހެއްޓުމަށް" އިލްތިމާސްކުރާ ކަމަށެވެ. 

އެޗްޕީއޭގެ މިއިލްތިމާސްގައި ހާމަކޮށްފައި އެވަނީ މިސްކިތުގެ ޖަމާއަތަށް ނަމާދަށްދާއިރު މަގުމަތިންވެސް އަދި އެހެން ތަނަކުން ނަމަވެސް މީހުންނާއި ބައްދަލުކުރާނަމަ ގައިދުރުކަން ބަހައްޓަންޖެހޭނެ ކަމެވެ. 

ކޮވިޑް ބަލި ރާއްޖޭގައި އާއުސްމިންތަކަކަށްއަރައިގެން ދިއުމުން އެޗްޕީއޭއިން ގެންދަނީ ގެއިން ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށާއި ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ މީހުންނާއި ބައްދަލު ނުކުރުމަށާއި އަދި ބައްދަލުކުރިނަމަވެސް މާސް އަޅައި ގައިދުރުކަން ބަހައްޓަން އިލްތިމާސްކުރަމުންނެވެ.

މިއަދު އޮންލައިން