ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފި- 4 މީހަކަށް އަނިޔާވި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފި- 4 މީހަކަށް އަނިޔާވި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ގ. ކެނެރީގޭ ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފިއެވެ. މައުލޫމާތު ލިބޭގޮތުގައި އެއްޗެއް ގޮއްވާލާފައިވަނީ ސައިކަލެއްގައެވެ.

އެއްޗެއް ގޮއްވާލާފައިވަނީ ރައީސް ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވި ވަގުތު ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއާއި ގުޅިގެން އޮޕްރޭޝަނެއް ކުރަން އޭޑީކޭ ހޮސްޕިޓަލްގައި ތައްޔާރުވަމުން އަންނަ ކަމަށް ރާއްޖެ ޓީވީން ބުނެއެވެ. 

މިހާދިސާގައި 4 މީހަކަށް އަނިޔާވިކަމަށާއި އެއިގެ ތެރޭގައި ފަތުރުވެރިއަކު ހިމެނޭ ކަމަސްވެސް ރާއްޖެޓީވީން ބުނެއެވެ. 

މިހާދިސާ އާއި ގުޅިގެން ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެހެންވެސް ސިޔާސީ ޕާޓީތަކުން ގެންދަނީ ހަމަލާ ކުށްވެރިކޮށް ޙަމަލާގެ ފުރިހަމަ ތަޙްޤީޤެއް ކުރުމަށް ގޮވާލައިފައެވެ. 

މިހަމަލާ ޢާންމުންގެ ގިނަބައަކުވެސް ގެންދަނީ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމުންނެވެ. މިފަދަ ނިރުބަވެރި ހަމަލާތައް ދިނުމަށް ރާއްޖޭގައި އެއްވެސް ފުރުޞަތެއް ދެވިގެން ނުވާނެ ކަމަށް ހުރިހާ ފަރާތްތަކުންވެސް ގެންދަނީ ބުނަމުންނެވެ.

މިއަދު އޮންލައިން