ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައެއް ނުވޭ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައެއް ނުވޭ!

ރައީސް ނަޝީދަށް އަމާޒުކޮށްގެން މިރޭ ދިން ހަމަލާގެ ސަބަބުން ހަށިކޮޅުގެ ބައެއް ތަންތަން ފަހާފައިވާ ކަމަށާއި ނަމަވެސް ފުރާނަފުޅަށް ނުރައްކާވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައި ނުވާކަމަށް ދާދިދެންމެ ރާއްޖެ ޓީވީން ބުނެފިއެވެ. 

މިހަމަލާދިން ވަގުތު ވަރަށް ބާރު އަޑެއް އިވުނުކަމަށާއި އެސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ސައިކަލްތަކަށް ގެއްލުންވެފައިވާކަމަސް ވަނީ މައުލޫމާތު ލިބިފައެވެ. 

ދިވެހިންނަކީ ސިޔާސީ ގޮތުން ޚިޔާލުތަފާތުވިނަމަވެސް އެއްވެސް ސިޔާސީ ލީޑަރަކު އަވަހާރަކޮށްލަން ތާއީދުކުރާ ބައެއް ނޫންކަން ފާހަގަކޮށް ގިނަބައަކު ބުނަމުން ގެންދަނީ މިބާވަތުގެ ނުރއްކާތެރި ހަމަލާއެއް ދިނުމުން ކަމުގެ ޙަޤީޤަތް ހޯދަން ވަރަށް ފުރިހަމަ ތަހްޤީޤެއް ކުރެވެންޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން