މުއައްސަސާތަކާއި، އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ގޭގައި މަސައްކަތްކުރުމަށް އަންގައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 53ސ
މުއައްސަސާތަކާއި، އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ގޭގައި މަސައްކަތްކުރުމަށް އަންގައިފި

މުއައްސަސާތަކާއި، އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ނެރެގެން މަސައްކަތް ކުރުން މަޑުޖައްސާލަން އަންގައިފިއެވެ.

މިކަމާގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ބުރާސްފަތި ދުވަހުގެރޭ އާންމު ކުރެއްވި އެންގުމުގައި ބުނެފައިވަނީ 7 މެއި 2021 ވާ ހުކުރު ދުވަހުން ފެށިގެން، ވަކި ގޮތެއް އަންގަންދެން މާލޭ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅުގައި ހުން ދައުލަތުގެ މުއައްސަސާތަކާއި، އިދާރާތަކާއި، އަމިއްލަ ވިޔަފާރި ކުންފުނިތަކާއި، އޮފީސްތަކަށް ކޮންމެހެން ނުކުމެގެން ކުރަންޖެހޭ ޟަރޫރީ ބޭނުންތައް ފިޔަވައި، މުވައްޒަފުން ހާޟިރުވެގެން މަސައްކަތް ކުރުމުގެ ބަދަލުގައި ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، ބާއްވަންޖެހޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށް އަންގާ ކަމަށެވެ.

ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު މިގޮތަށް އެންގެވިއިރު، މިއަދުވެސް ވަނީ ކޮވިޑް ޖެހުނު މީހުންގެ އަދަދު 700 އިން މައްޗަށް އަރައިފައެވެ.

މިއަދު އޮންލައިން