މާލޭ ސަރަހައްދުގެ ޔުނިވާސިޓީތަކާއި، ކޮލެޖްތަކުން އޮންލައިންކޮށް ކިޔަވައިދޭން އަންގައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ މިއަދު ނެރުނު އެންގުމުގައި ބުނެފައި ވަނީ މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެއް ޔުނިވާސިޓީތަކާއި، ކޮލެޖްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން އަންގާކަމަށެވެ.
މިމަހު 15 ގެ ނިޔަލަށް ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ވެސް މީގެކުރިން ވަނީ އަންގާފައެވެ.
ކޯވިޑްގެ ހާލަތު ކޮންޓޮރޯލުން ނެއްޓިފަ ވާއިރު، އެޗްޕީއޭއިން ވަނީ މާލެ ފިޔަވައި އަތޮޅުތަކުގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީކަމެއްގައި މެނުވީ ދަތުރުކުރުން ވެސް މަނާކޮށްފައެވެ.
މީގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގައި މިއަދު ވަނީ ކާފިއު އިއުލާނުކޮށްފައެވެ.