ރައީސް ނަޝީދުގެ މޭކަށިގަނޑަށް ވަތް އެތިކޮޅު އެއް ސެންޓިމީޓަރަށް ވުރެ ތިރިވި ނަމަ ވެސް ހިތަށް ވަންނާނެ - ސަލާމަތްވީ ކިރިޔާ: އޭޑީކޭ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރައީސް ނަޝީދުގެ މޭކަށިގަނޑަށް ވަތް އެތިކޮޅު އެއް ސެންޓިމީޓަރަށް ވުރެ ތިރިވި ނަމަ ވެސް ހިތަށް ވަންނާނެ - ސަލާމަތްވީ ކިރިޔާ: އޭޑީކޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިޒަމްގެ ހަމަލަގައި އެ މަނިކުފާނުގެ މޭކަށިގަނޑަށް ވަތް އެތިކޮޅު އެއް ސެންޓިމީޓަރަށް ވުރެ ތިރިވި ނަމަ ވެސް ހިތަށް ވަންނާނެ ކަމަށައި ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށް  އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން މިކަން ހާމަކޮށްފައިވަނީ ރައީސް ނަޝީދަށް ފަރުވާ ދިނުމުގައި އިސްކޮސް ހަރަކާތްތެރިވި ބައެއް ޑޮކްޓަރުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޑޮކްޓަރުން ބުނެފައިވަނީ ރައީސް ނަޝީދުގެ ބޭރުފުށުން ލިބިފައިވާ ގެއްލުން ތަކުގެ އިތުރުން އެތެރެ އަށް ލިބިފައި ހުރި ގެއްލުންތަން ބެލުމަށް ސީޓީ ސްކޭނެއް ވެސް ހަދާފައިވާ ކަމަށާއި ހަށިގަނޑުގެ އެކި ހިސާބަށް ދަގަނޑު އެތިކޮޅުތަކެއް ވަދެފައިވާ ކަމަށެވެ.

މީގެ އެތިކޮޅުތަކެއް ފުއްޕާމެއަށް ވަދެފައިވާކަން ފާހަގަކުރެވުނު އިރު މިއީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބެލެވޭތީ މި އަނިޔާތަކަށް ދޭންޖެހޭ ފަރުވާ ދޭން ފެށި ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އަދި ފުއްޕާމެއަށް ވަދެފައި އޮތް ދަގަނޑު ކޮޅު 1 ސެންޓިމީޓަރު ތިރިއަށް ޖެހިލިކަމުގައި ވިޔަސް އެ ދަގަނޑުކޮޅު އެރިހީ ހިތައް ކަމަށް ޑޮކްޓަރުންގެ ޓީމުން ބުނެފައިވެއެވެ.

ރައީސް ނަޝީދު  އޭޑީކޭ އަށް ގެންގޮސްފައިވަނީ ރޭގަނޑު 8:30 ހާއިރު ކަމަށާއި އަދި 10 މިނެޓް ތެރޭ އޮޕަރޭޝަން ތިއޭޓަރަށް އެމަނިކުފާނު ބަދަލުކޮށްފައި ވާނެ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ފަރުވާ ކުރުމަށްޓަކައި މައިގަނޑު ހަތަރު ސާޖަރީ އެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު އޮންލައިން