ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި 2 މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، މިހަމަލާގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ މުޖާޒް އަހުމަދު، މއ. ފޭރުގެ، އާއި 32 އަހަރުގެ، ތަހުމީން އަހުމަދު، ފޮޅޭމާ ގއ. ކޮނޑޭ ކަމަށެވެ.
މިދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންކަމަށާއި މިދެމީހުންގެ އިތުރުން އިތުރު ބައެއްވެސް މިކަމުގައި ޝާމިލްވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން މިހަމަލާ ދޭ ވީޑިއޯ ވެސް ފުލުހުން ވަނީ ދައްކައިފައެވެ.
ރައީސް ނަޝީދަށް ދިން އުދުވާނީ ހަމަލާގެ ވީޑިއޯ ހާމަކޮށްފި pic.twitter.com/l3CpkX89qL
— Luke (@Lucasjalyl) May 8, 2021