ކޮރޯނާ ވައިރަސް ފެތުރުން މިހައި ބޮޑުވެފައިވީނަމަވެސް ލޮކްޑައުން ކުރުމާބެހޭ ގޮތުން ނޫސްތަކުގައި އަދި ފެތުރިފައިވަނީ ޞައްހަ މައުލޫމާތެއް ނޫން ކަމަށާއި އިތުރު ނިންމުމެއް މިރޭވެސް ނިންމަފާނެކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކްވިދާޅުވީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދާއިރުވެސް ޓެކްނިކަލްޓީމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށް މަޝްވަރާކުރަމުން ކަމަށާއި މިރޭވެސް އިތުރު ފިޔަވަޅު އެޅުމަށް ނިންމައިފާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ހުރިދަތިތަކާއިއެކުވެސް އިޤްޠިޞޯދު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތައް ގިނަކަމަށާއި އެމަސައްކަތްތަކުގެ ނަތީޖާވެސް އަންނަނީ ފެންނަމުން ކަމަށެވެ. މިހައި ދަތިޙާލުގައިވެސް ހުރިހާ ރަށަކަށްވެސް ކާޑާއި އެހެނިހެން ތަކެތި ފޯރުކޮށްދެވެމުންދާ ކަމަށާއި ރަމަމާން މަހު ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފެހެއްޓުނީވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.