މާދަމާއިން ފެށިގެން ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލައި, ހަތަރަކުން ހަތަރަކަށް ކާފިއު ހިންގަން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
މާދަމާއިން ފެށިގެން ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލައި, ހަތަރަކުން ހަތަރަކަށް ކާފިއު ހިންގަން ނިންމައިފި

މާދަމާއިން ފެށިގެން ހަތަރަކުން ހަތަރަކަށް ކާފިއު ހިންގަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

މިކަމާގުޅިގެން އެޗްޕީއޭ އިން ބުނެފައިވަނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 12 މެއި އިން ފެށިގެން 1 (އެކެއް) ހަފުތާގެ މުއްދަތަށް މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު 04:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމަށް ވަނީ ނިންމާފައިވާކަމަށެވެ.

މީގެއިރުން އިތުރަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުރެ ތެރޭގައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމާއި 13 މެއި އިން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލުމާއި (12 މެއި އިން 18 މެއި ގެ ނިޔަލަށް) ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލުން ހިމެނެއެވެ. 

ކާފިއު ހިންގާ ވަގުތުގައި ޕޮލިސް ޕަރމިޓާއެކު މެންދަަމު 12 އާއި ހަމަޔަށް ޑެލިވަރީ ޚިދުމަތުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާއިރު މި ގައިޑްލައިންއާ ޚިލާފުވާ ވިޔަފާރިތައް 24 ގަޑި އިރަށް ބަންދު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

 

މިއަދު އޮންލައިން