ހިތާމަތަކާއި ހިތްދަތިކަން ކުރިމަތިވުމަކީ އިންސާނާ ދުނިޔޭގައި ހޭދަކުރާ ޙަޔާތުގައި ހމެނިފައިވާ އެއްބައެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް އެފަދަ ޙާލަތުތައް މެދުވެރިވާނެއެވެ. ކިތަންމެ ގިނައިންވެސް މެދުވެރިވެދާނެއެވެ. އަހަރެމެންނަށް އޮތީ އެއީ ކުރިމަތިވާނެ ކަންކަން ކަމުގައި ޤަބޫލުކޮށް ސުންނަތަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާއަށް ދުޢާކޮށް އެކަލާނގެ ޙަޟްރަތުން ވާގިއެދުމެވެ.
ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ކުރާ ދުޢާ
ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ނަބިއްޔާ صلى الله عليه وسلم މިފަދައިން ވިދާޅުވާކަމުގައިވެއެވެ.
لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ.
މާނައީ: "މަތިވެރިވެ ޙިލްމުވެރިވެވޮޑިގެންވާ ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ."
لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ.
"މަތިވެރި ޢަރުޝުގެ ވެރި ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ."
لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ رَبُّ الْعَرْشِ الْكَرِيمِ.
"އުޑުތަކުގެ ވެރި ރައްބު، ބިމުގެ ވެރި ރައްބު އަދި މާތް ޢަރުޝުގެ ވެރި ރައްބުކަމުގައިވާ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ."
- ޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީއާއި އިމާމް މުސްލިމް رحمهما الله
___________________________________
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –
- އަލްއަޚް ޙުސައިން ޠާރިޤްގެ ލިޔުއްވުމަކުން