ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ބޮންއަޅައި އެއްގަމު މަގުން ދެމުން ގެންދާ ޙަމަލާތައް ހުއްޓުވަން ކުރެވޭނެ ކަމެއް ތިބާއަށް ނެތިދާނެއެވެ. ނަމަވެސް ދިވެހި ރައްޔިތުން، ޚާއްޞަކޮށް ޒުވާނުން ލަވާޒާ ބުއިން ހުއްޓާލައިފިނަމަ ފަލަސްޠީނު ރައްޔިތުން ޝަހީދުކުރަން ހިތްވަރުދޭ ބައަކަށް ތިބާގެ ފައިސާއިން ފައިދާކުރުން ހުއްޓުވިދާނެއެވެ.
ތިބާ ލަވާޒާ ބުއިމަށްފަހު އަގުދެއްކުމުން ފައިސާ ވަންނަނީ ކެފޭގެ ކައުންޓަރަށެވެ. އެފައިސާ ވަތްގަނޑުން ނުކުމެގެން ގޮސް ވަންނަނީ ލަވާޒާ ވިއްކާ ފިހާރައިގެ ވަތްގަނޑަށެވެ. އެފިހާރައިގެ ވަތްގަނޑޫން ނުކުމެގެންގޮސް ވަންނަނީ ލަވާޒާގެ އެކައުންޓަށެވެ. ލަވާޒާއިން އެވަނީ ފައުޅުގައި ފަލަސްޠީން ރައްޔިތުންނާއި ދެކޮޅުކަމާއި ފަލަސްޠީނު ރައްޔިތުންނަށް އެއްވެސް ހަމްދަރުދީއެއް ނެތްކަން ހާމަކޮށްފައެވެ.
ދެން ނިކަން ބުނެބަލާށެވެ! ތިބާ، ތިބާގެ ފައިސާ ފަލަސްޠީނު ރައްޔިތުންގެ ބޮލަށް ބޮންއަޅަން ހޭދަކުރާނަން ހެއްޔެވެ؟ ހަމައެކަނި ލަވާޒާއެއް ނޫނެވެ. އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ޔަހޫދީންނާއިއެކުގައި ތިބި އެއްވެސް ޤައުމެއްގެ އެއްވެސް އުފެއްދުމެއް ނުގަންނާށެވެ! ހަމަ މިބުނި މަގުން އެފައިސާ އެނބުރި ގޮސް ވަންނާނީ ފަލަސްޠީނުގެ ރައްޔިތުންގެ ބޮލަށް އަޅާބޮމުގެ ތެރެއަށެވެ!
ލަވާޒާ އާއި ދެކޮޅަށް މުޅި ދުނިޔޭގައި މިވަނީ ކެންޕޭނުފެށިފައެވެ! ކެންޕޭނުގައި ބައިވެރިނުވާނީ ފަލަސްޠީނު ރައްޔިތުން ޝަހީދުކުރަން ލޯބިކުރާ މީހުންނެވެ! ލަވާޒާ ވިއްކާނީވެސް ފަލަސްޠީނު ރައްޔިތުން ޝަހީދުކުރަން ތާއީދުކުރާ ކެފޭތަކުންނެވެ!
Lavazza threaten Arsenal with end of sponsorship over concern for Palestine expressed by a player. Arsenal "speak to" him about "implications".
— Craig Murray (@CraigMurrayOrg) May 15, 2021
Jonathan Cook's point is of course absolutely key. And now I urge everybody to #boycottLavazza https://t.co/s1XWopyvAJ