މާލެ ސަރަހައްދުގެ ކާފިއު އިތުރު ހަތް ދުވަހަށް އިތުރުކުރަން އެޗްޕީއޭއިން ނިންމައިފި އެވެ.
މިކަމާގުޅިގެން އެޗްޕީއޭ އިން ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މި މަހުގެ 11 ވަނަ ދުވަހު އެޅި ފިޔަވަޅުތައް ހަފްތާގެ މުއްދަތަށް އިތުރުކުރާ ކަމަށެވެ.
މި މަހުގެ 11 ވަނަ ދުވަހު މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 04:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލުމަށް ވަނީ އަަންގާފައެވެ.
މީގެއިތުރުން މެންދަަމު 12 އާއި ހަމަޔަށް ޑެލިވަރީ ޚިދުމަތުގެ ފުރުޞަތު ޕޮލިސް ޕަރމިޓާއެކު ލިބޭއިރު މި ގައިޑްލައިންއާ ޚިލާފުވާ ވިޔަފާރިތައް 24 ގަޑި އިރަށް ބަންދު ކުރާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެއެވެ.