މާލެ ސިޓީ ކައުންސިލްގެ ޔުނިޓެއް ހުޅުމާލޭގައި ހުޅުވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
މާލެ ސިޓީ ކައުންސިލްގެ ޔުނިޓެއް ހުޅުމާލޭގައި ހުޅުވަނީ!

ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލް އިދާރާގެ ޙިދުމަތްތަށް ދިނުމަށާއި އިދާރީ އޮފީސް ހިންގުމަށް ޔުނިޓެއް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ މާލެ ސިޓީގެ މެޔަރ ޑރ.މުހައްމަދު މުއިއްޒުއެވެ. އަދި މި ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިންގެ ޑިރެކްޓަރ ސުހައިލް އަޙުމަދެވެ.

މި އެއްބަސްވުމުގެ ދަށުން އެޑްމިނިސްޓްރޭޓިވް އޮފީސް ސްޕޭސްގެ ގޮތުގައި ހުޅުމާލެ އަމީން އެވެނިއު މޭޕަލް ޓަވަރުގެ ޔުނިޓް (އޭ.އެމް-1-05) ސިޓީ ކައުންސިލްގެ ޙިދުމަތްތަށް ފޯރުކޮށްދިނުމަށް ވަނީ ކަނޑައެޅިފައެވެ.

އެޗްޑީސީ އިން ބުނެފައިވަނީ މީގެ ސަބަބުން އަލަށް އެކުލަވާލެވުނު ކައުންސިލާއި ޤާނޫނަށް ގެނެވެނު ބަދަލުތަކާއި އެކު ދެފަރާތުން ގުޅިގެން ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުމަށް ގިނަ ފަސޭހަތަކެއް ދެ ވުޒާރާއަށާއި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

އަދި ރައްޔިތުންނާއި ޙާއްސަކޮށް ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ލިބެންޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކުރިމަގުގައިވެސް އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލް އާއި އެކު ގުޅިގެން ކުރެެެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް އޮތްކަމަށް ވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން