އެޗް.ޑީ.ސީ އިން ސޮފްޓްވެއަރ ޑިވެލޮޕާސް ޕޫލްއެއް ހަދަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
އެޗް.ޑީ.ސީ އިން ސޮފްޓްވެއަރ ޑިވެލޮޕާސް ޕޫލްއެއް ހަދަނީ

އެޗް.ޑީ.ސީ އިން ސޮފްޓްވެއަރ ޑިވެލޮޕާސް ޕޫލްއެއް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

އެޗް.ޑީ.ސީ އިން ބުނެފައިވަނީ ހުޅުމާލެ އަކީ ހުރިހާ ގޮތަކުންވެސް ކުރިއަރާފައިވާ އަވަށަކަށް ހަދާ ސްމާޓް ސިޓީއެއްގެ ކުލަވަރު ޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމިންދާއިރު ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި މުޖުތަމާޢުއަށް ފައިދާ ހުރި ފަންނީ ދާއިރާތަކުން މީހުން ބިނާކޮށް މި ފަރާތްތަކަށް ހުރި ފުރުޞަތުތައް އިތުރުކުރުމަށް ސޮފްޓްވެއަރ ޑިވެލޮޕާސް ޕޫލްއެއް ހެދުމަށް ހަމަޖެހިފައިވާކަމަށެވެ.

މި މަސައްކަތުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ދިވެހި ޑިވެލޮޕަރުންނަށް ފުރުޞަތުތައް އިތުރުކޮށްދީ މި ކޯޕަރޭޝަންގެ މަސައްކަތްތަކުގައި ގިނަ ފަންނީ ދިވެހިން ބައިވެރިކުރުން ކަމަށް އެޗް.ޑީ.ސީ އިން ވަނީ ބުނެފައެވެ.

އެޗް.ޑީ.ސީ އިން ބުނެފައިވަނީ މި މަސައްކަތަކީ އެކޯޕަރޭޝަންގެ ޙިދުމަތްތަކާއި ފަންނީ އެހީތެރިކަން ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ ‘ގޯ ބިޔޯންޑް’ ހުޅުމާލޭގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާ މަސައްކަތެއް ކަމަށާއި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް މި ކޯޕަރޭޝަނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުންވެސް ޓީ.އޯ.އާރ އަށް ޕްރޮޕޯސަލް ހުށަހެޅުމުގައި އެކުލަވާލާ ޓީމުގެ މެމްބަރުންނަކީ ދިވެހިން ކަމުގައި ވާންޖެހޭނެ ކަމަށާއި ނަމަވެސް ދާއިރާގައި މަސައްކަތް ކުރުމުން އަންނަ ގިނަ ދިވެހިންނަށް ފުރުޞަތުތައް އިތުރު ކުރުމަށް ކޮންސަލްޓަންސީގެ ގޮތުގައި ބޭރު ފަރާތްތައް ހިމެނިދާނެ ކަމަށް އެޗް.ޑީ.ސީ އިން ބުނެފައިވެއެވެ. 

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޓީ.އޯ.އާރް އާއި އެއްގޮތަށް 14 ޖޫން 2021 ގެ 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި މި ޕޫލާއި ބެހޭ އިތުރު މަޢޫލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

މިއަދު އޮންލައިން