ކަލަންޑަރުގަ "އަންނަމަސް" ކިޔާ މަހެއް ނެތުމުން ދަރަނިވެރިވެ މަގުމަތިވެފައިވާ ފްލެޓް ލިބޭނެ އަންހެނެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކަލަންޑަރުގަ "އަންނަމަސް" ކިޔާ މަހެއް ނެތުމުން ދަރަނިވެރިވެ މަގުމަތިވެފައިވާ ފްލެޓް ލިބޭނެ އަންހެނެއްގެ ވާހަކަ!

ކޮވިޑާއި ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރިގޮތުން ދިރިއުޅެމުން މިދަނީ އަންހެން ކުޑަ ދެދަރިންނާއި އެއް ކޮޓަރިއެއްގައެވެ. މިއީ 16،500 ރުފިޔާ ދައްކަންޖެހޭ 2 ކޮޓަރީގެ ފްލެޓެކެވެ. ކުލި ދައްކަމުން އައީ އެއްކޮޓަރި މީހަކަށް ދީގެން ދެމީހުން ކުލި ހިއްޞާކޮށްގެންނެވެ. 

މިހާލުގައި އުޅެމުން އަންނަނިކޮށް "އަންނަ މަހު" ފްލެޓްލިބި އެތަނަށް ވަދެވޭ ޚަބަރު ލިބުމުން، އެތަނަށް އަޅުގަނޑު ބަދަލުވާނެތީ ދެވަނަ ކޮޓަރީގައި ހުރި މީހާ އަވަހަށް އެހެން ތަނަކަށް ބަދަލުވެއްޖެއެވެ. އަޅުގަނޑުވެސް އަތުގައި ހުރި ހުރިހާ ފައިސާކޮޅަށް "އަންނަ މަހު" ލިބޭ ފްލެޓަށް ބޭނުންވާނެ ފަރުނީޗަރު ގަނެ ތައްޔާރުވީއެވެ. 

އެބުނާ "އަންނަމަސް" ނައެވެ. އައީ މޭ ޖޫން މަހެވެ. އެގޮތް މިގޮތުން މީހުންނަށް ސަލާން ޖަހައިގެން މިދިއަ މަހު ކުލި ދެއްކުނެވެ. މިމަހުގެ ކުލި ދެއްކޭނެ ފަދައެއް ނެތެވެ. ގަނެފައި ހުރި ފަރުނީޗަރާ ކުރިން ގެންގުޅުނު ސާމާނު ހިފައިގެން ދިރިއުޅެން އަޅުގަނޑުމެން 3 މައިންދާންވީ ރައީސުލްޖުމަހޫރިއްޔާގެ އޮފީހަށްތޯއެވެ؟ ނޫނީ ހައުސިންގ މިނިސްޓްރީއަށްތޯއެވެ؟ 

ހަމަގައިމުވެސް މިއީ އަޅުގަނޑުމެންފަދަ ނިކަމެތި އެކަނިވެރިން އިތުރަށް ނިކަމެތިކުރުވައި ކުލިދައްކަން ހަށިވިއްކުވަން މަޖުބޫރުކުރުވަން ޖައްސުވާ ޙާލަތެއް ނަމަ އެކަން އަޅުގަނޑުމެންނާއި އުޑާއިބިމާހައިދުރެވެ. އެކަމުގެ ގެއްލުމާއި ހަލާކުހުރީ އެމަކަރުވެރި ރޭވުން ރާވާބައަކަށެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން