ފައިނޭންސިންގ ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
މިހާރު ލުއި އެކްސްޕްރެސް ލޯނު ނަގާފައިވާ ފަރާތްތަކަށްވެސް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. މި ބަދަލާއެކު، ކަސްޓަމަރުންނަށް މުސާރައިގެ 5 ގުނަ އާ ހަމަޔަށް ފައިނޭންސިންގ އަށް އެދި ހުށަހަޅެމުގު ފުރުސަތު ލިބިގެންދާނެއެވެ. އަދި ފައިނޭންސިންގ އަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން 7 ދުވަސް ތެރޭގައި ކަސްޓަމަރަށް މުދާ ލިބޭނެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ "މިއަދުގެ މި ގެނެވުނު ބަދަލުން ދައްކުވައިދެނީ ބޭންކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކުރުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތް. ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް މިހާރު ރީޓެއިލް އަދި އިސްލާމިކް ފައިނޭންސިންގެ ބޭނުންކުރުމުގެ ފުރުސަތު މިވަނީ ފަހިވެގެންގޮސްފައި." ކަމަށެވެ.
އޮންލައިން ކޮށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. މިގޮތުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ނުވަތަ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ އީމެއިލްއަކުން [email protected] އަށް އީމެއިލް މެދުވެރިކޮށްވެސް އެދި ހުށަހެޅޭނެއެވެ.