ދިވެހިން ދައްކާ ވާހަކަ ހަޖަމު ކުރުމަށް ގޮވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދިވެހިން ދައްކާ ވާހަކަ ހަޖަމު ކުރުމަށް ގޮވާލައިފި

އިންޑިއާގެ ނޫސްވެރިޔާ ސީމާ ސެންގުޕްތާއާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންއާ ދެމެދު ބަހުގެ ހަމަލައެއް ބަދަލުކޮށްފިއެވެ. ސެންގުޕްތާއަކީ ރާއްޖޭގައި އިންތިޚާބާއި ސިޔާސީ މައްސަލަތައް ކަވަރުކުރާ ނޫސްވެރިއެކެވެ.

އޭނާ ލިޔުނު އާޓިކަލްގައި އޭނާ އިޝާރާތް ކޮށްފައި ވަނީ އިންޑިއާ ހައިކޮމިޝަނުން ޑިލީޓް ކުރި ޓުއީޓަކަށެވެ. މި ޓުއީޓްގައި ދިވެހި ދިދައާއި އިންޑިއާ ޖަހައި "ވަން ނޭޝަން" މިހެން ޖަހާފައި އޮތް ޓުއީޓެކެވެ. ދިވެހިން މިކަމާ ދެކޮޅަށް ވާހަކަ ދެއްކި ކަމަށް ސެންގުޕްތާ ބުނެއެވެ.

ސެންގުޕްތާގެ ނަސޭހަތަކީ، މިފަދަ ޓުއީޓްތައް ކުރުމުން ދިވެހިންނަށް އެމީހުންގެ ގައުމު އިންޑިއާއިން ޖަހައިގަންނަން އުޅެނީކަމަށް ދެކޭތީ އެފަދަ ކަންކަން ނުކުރުމަށް އިންޑިއާއިން ފަރުވާތެރި ވުމަށެވެ. އަދި ދިވެހިން ބުނާ ވާހަކަތައްވެސް އަޑު އަހައި ހަޖަމު ކުރުމަށާއި އެމްޑީޕީން ވެސް ދެކޮޅަށް ދައްކާވާހަކަތައް އަޑު އެހުމަށެވެ.

ހައިކޮމިޝަނުން ބުނެފައި ވަނީ މިއީ ތަފާތު އެފްބީ ޕޯސްޓްތައް އެއްކޮށްލައިގެން ހަދާފައިވާ ފޮޓޯއެއް ކަމަށެވެ. މިއަށް ރައްދު ދެމުން ސެންގުޕްތާ ބުނަނީ ތިމަން އެފްބީ އެކްއުންޓެއް ނުގެންގުޅޭ ކަމަށާއި މީހުން ދައްކާ ވާހަކަވެސް ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނުން ރަގަޅުވާނެ ކަމަށެވެ.

އިންޑިއާގެ ނޫސްވެރިންވެސް މޮދީ ސަރުކާރުގެ ހިންދޫތުވާ ސިޔާސަތުތަކަށްވެސް ފާޑު ކިޔަމުން ދެއެވެ. ލަކްޝަދީޕާއި ރާއްޖޭގެ މައްސަލަތައްވެސް މިހާރު ވަނީ ނޫސްވެރިންގެ ސަމާލުކަމަށް އައިސްފައެވެ.

މިއަދު އޮންލައިން