ކެތްތެރިވާން އުދަގޫ ޙާލަތެއް ކުރިމަތިވީ ހެއްޔެވެ؟ މިދުޢާ ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކެތްތެރިވާން އުދަގޫ ޙާލަތެއް ކުރިމަތިވީ ހެއްޔެވެ؟ މިދުޢާ ކުރާށެވެ!

އިންސާނުންނަށް ކުރިމަތިވާ އެންމެ ބޮޑު ކަމަކީ ކެތްތެރިވާންޖެހޭ ޙާލަތުގައި ކެތްތެރިވުމެވެ. ކޮންމެ މީހަކަށްވެސް ކެތްތެރިވާންޖެހޭ ޙާލަތުތައް ކުރިމަތިވާނެއެވެ. ކިތަންމެ ނިކަމެތި މީހާއަށްވެސް އަދި ކިތަންމެ މޮޅު، ތަނަވަސް މީހާއަށްވެސް ކެތްތެރިވާންޖެހޭ ޙާލަތުތައް ކުރިމަތިކުރައްވަވާނެތެވެ. 

އެއީ ދުނިޔޭގައި ކުރިމަތިކުރައްވަވާ އިމްތިހާނުގެ އެންމެ ބޮޑުބައެވެ. އެ ފަދަ ޙާލަތެއް ކުރިމަތިކުރައްވަވައިފިނަމަ ދެކެން ޖެހޭނީ އެއީ ދެއްވެވި ނިޢްމަތެއް ކަމަށެވެ. އެހެނީ ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިނަނާއި އެކުގައެވެ. ވީމާ އެމީހަކާއިއެކު ﷲ ތައާލާ ވޮޑިގެންވުމަށް އެދޭ މީހާއަށް އޮތީ ކެތްތެރިއަކުކަމުގައިވުމެވެ. 

ބައެއް ފަހަރު އެމީހާއަށް ހީވެސް ނުކުރެވޭފަދަ ކަންކަން ކުރިމަތިކުރައްވަވާނެއެވެ. ވަޒ|ީފާ ގެއްލިދާނެއެވެ. ތަނަވަސްކަން ގެއްލިދާނެއެވެ. އަނބިމީހާ، ފިރިމީހާ ނުވަތަ އެންމެ ލޯބިވާ ދަރިފުޅު މަރުވެސްވެދާނެއެވެ. އަދި ހުރިހާ ދަރިންވެސް މަރުވެދާނެއެވެ. 

ﷲ ތަޢާލާ އެމީހަކު ދެކެ ބޮޑަށް ލޯބިވެވޮޑިގަންނަވާނަމަ ކުރިމަތި ކުރައްވަވާ އިމްތިޙާން ވެސް ވަރުގަދަވާނެއެވެ. ލިބޭ ހިތްދަތިކަންވެސް ބޮޑުވާނެއެވެ. އެފަދަ ޙާލަތެއް ކުރިމަތި ކުރައްވަވައިފިނަމަ މި ދުޢާކުރާށެވެ! Ketqteri

رَبَّنَا أَفْرِغْ  عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَنْصُرْنَا عَلَى الْقَوْمِ الْكَافِرِيْنَ  (البقرة 250)

މާނައީ: "އަޅަމެންގެ ރައްބު، އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ. އަދި (ހަނގުރާމައިގެ މައިދާނުގައި) އަޅަމެންގެ ފައިތިލަތައް ސާބިތު ކުރައްވާނދޭވެ. އދި ކާފިރުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނެދޭވެ."

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން