ﷲ ޙަރާމްކުރެއްވެވި ކަންކަން ކުރަން ބޭނުންކުރާ ތަންތަނަށް ހަދަން މިސްކިތްތައް ދޫކޮށްލުމުން ރައްޔިތުންގެ ރުޅި ގަދަވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ﷲ ޙަރާމްކުރެއްވެވި ކަންކަން ކުރަން ބޭނުންކުރާ ތަންތަނަށް ހަދަން މިސްކިތްތައް ދޫކޮށްލުމުން ރައްޔިތުންގެ ރުޅި ގަދަވަނީ!

މާލޭގެ މިސްކިތްތަކަކީ ﷲ ތައާލާ ޙަރާމްކުރެއްވެވި ކަންކަން ކުރަން ބޭނުންކުރާ ތަންތަނަށް ހަދަން މިސްކިތްތަކުގެ ބެލެނިވެރިފަރާތްތަކުން ދޫކޮށްލުމުން ރައްޔިތުންގެ ބައަކު ރޭ އެމީހުންނަށް ކުރެވުނު ވަރަކަށް މަސައްކަތްކުރިއެވެ. 

"ޖުރުމަނާކުރިޔަސް އުލުބޭންދިޔަސް އަޅުގަނޑުމެން މިކަންކަމާ ދެކޮޅަށް ނުކުންނާނަން. އެނގެނީ ޓޭޕްދަމަން އެކަނި. ޓޭޕްދަށުންނާ މަތިންނާ އަރައިގެން  މިސްކިތްތަކަށް ވަންނަމުން ދިއައީ. މަސްތުވާ ތަކެތި ބޭނުނަކުރާ މީހުންނަށް ފިލައި ތިބެން ފަސޭހަވާނެގޮތަށް ބައެއް މިސްކިތްތަކުން ކަރަންޓްވެސް ކެނޑައިލަ ދިނީ" 

ރޭ ޙަރަކާތްތެރިވި ޢާންމުންގެ ގިނަ މީހުންވެސް ބުނީ ސެކިޔުރިޓީން ބެއިތިއްބުމަކާއި މިސްކތްތައް ފަޅުކޮށްލުން އެއީ ހަމަ ޤަޞްދުގައި މިސްކިތްތަކަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. "ކުރިންވެސް ކޮންމެވެސް ވަރަކަށް އެބާވަތުގެ ކަންކަން ކުރަމުން އައީ. އެކަމަކު އަބަދުހެން މިސްކިތަށް މީހުން އަރާތީ ހަކުރުބޯ ގަޖަހަތަކަކަށް ނުހެދި އޮތީ. އެ ފުރުޞަތު މިފަހަރު ފަހިކޮށްދީފަ އެއޮތީ ހަމަ ޤަޞްދުގަ." ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ (މަޖިލީހުން އެއީ ބަލިކުދިން ކަމަށް ކަނޑާއަލާފައިވާ ކުދިންގެ) 15 ކުދިން ރޭ ފުލުހުންގެ ބެލުމުގެދަށަށް ގެންދެވުނު ކަމަށެވެ. 

ފުލުހުންގެ ބަސް:

Masthuvaathakethi beynun kurumuge kushuge record onna kushuge vesheegai ulhey meehun ge therein, beynumeh nethi miskiy thakah vadhe adhi masthuge haalathugai thibikamah thuhumathu kurevey 15 meehaku rey fuluhunge belumuge dhashah genesfaivey.

Mi meehunge bandhaa medhu gotheh ninmumah court ah haaziru kurumun, 7 meehaku remand center gai 15 dhuvahah bandhukurumah court in amuru koffaivey. Adhi 8 meehaku custodial jaleggai 3 dhuvahah bandhu kurumah court in amuru koffaivey.

 

Mi massalathah fuluhun gendhanee thahuqeeq kuramun.

މިއަދު އޮންލައިން