ކޮވިޑްގައި މަރުވާ ތިމާ ލޯބިވާ މީހުންނަށްޓަކައި މިފަދައިން ދުޢާކުރައްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ކޮވިޑްގައި މަރުވާ ތިމާ ލޯބިވާ މީހުންނަށްޓަކައި މިފަދައިން ދުޢާކުރައްވާށެވެ!

ޔާ ﷲ! ކުރިމަތިވެފައިމިވާ ކޮވިޑްބަލީގައި އަޅަމެންގެ އަނބިން ، ފިރިން، ދަރިން މައިންބަފައިނާއި ގާތްތިމާގެ މީހުންނާއި އެކުވެރިންގެ ގިނަ ބައަކު ވަނީ ދުނިޔެ ދޫކޮށް އިނބަ ﷲ ގެ ޙަޟްރަތަށް ދަތުރުކޮށްފައެވެ. އެ އެންމެންނަށް ފާފަ ފުއްސަވާނދޭވެ! އަދި ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކުރައްވަވާނދޭވެ! 

ޔާ ﷲ! އަޅަމެންގެ ޢާއިލާއިން ގެއްލިދިއަ އަޅަމެންގެ ހަށިތަކުގެ އެއްބައި ފަދަ ފިރިން، އަނބިންދަރިން، އަދި ޢާއިލާގެ މީހުންނާއި އެކުވެރިންގެ ބަދަލުގައި އަޅަމެންނަށް އޯގާތެރިވެ އެހީތެރިވެދޭނެ ބައަކު މިންވަރުކުރައްވަވާނދޭވެ! އެމީހުން ވަކިވެ ދިއުމުން ލިބިފައިވާ ހިތާމަތަކަށް ކެތްތެރިވުމުގެ ބާރު އަޅަމެންނަށް ދެއްވަވާނދޭވެ! 

ޔާ ﷲ! އަޅަމެންގެ ހުރިހާވެސް ދުޢާއަކީ އަޅަމެން އެންމެންގެ ފާފަތައް އިނބަ ﷲ ފުއްސަވައި ދެއްވެވުމެވެ. އަދި އަޅަމެންނަށް އެންމެ ހެޔޮ އެދޭ، އަޅަމެން އެންމެ ލޯބިވާ މީހުން ދުނިޔެއިން ވަކިވެފައިވީ ނަމަވެސް އަޅަމެން އެންމެ ލޯބިވާ މީހުންނާއިއެކުގައި ސުވަރުގޭގައި ލައްވަވައިދެއްވެވުމެވެ! އާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން