ކިތަންމެ މުޑުދާރު ޕްރޮޕޮގެންޑާއެއް ހިންގިއަސް ތި ލާދީނީ ބިލްގެ ސަބަބުން އެމްޑީޕީ ފޮހެވިގެންދާތަނާ ބައިބައިވާތަން ފެންނާނެ!: ކަނޑުވައި އިބްރާހީމް ރަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ކިތަންމެ މުޑުދާރު ޕްރޮޕޮގެންޑާއެއް ހިންގިއަސް ތި ލާދީނީ ބިލްގެ ސަބަބުން އެމްޑީޕީ ފޮހެވިގެންދާތަނާ ބައިބައިވާތަން ފެންނާނެ!: ކަނޑުވައި އިބްރާހީމް ރަޝީދު

އެމްޑީޕީ ތެރެއިން ކިތަންމެ ބޮޑަށް އޮޅުވާލައިގެން ކިތަންމެ ވަރުގަދަ ސްޓޯރީއެއް ޖައްސާފައިކިތަންމެ މުޑުދާރު ޕްރޮޕޮގެންޑާއެއް ހިންގި ނަމަވެސް މަޖިލީހަށް ހުށަހަޅައިގެން އުޅޭ ލާދީނީ ބިލްގެ ސަބަބުން އެމްޑީޕީ ސިޔާސީ މައިދާނުން ފޮހެވިގެންދާތަނާއި އެމްޑީޕީ ބައިބައިވާތަން ވެސް ފެންނާނެ ކަމަށް އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަނޑުވައި އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ. 

މިމޭރުމުން ވިދާޅުވެފައިވަނީ ސަރުކާރުން އިސްލާމް ދީނާއި ދެކޮޅަށް މަޖިލީހަށް ވައްދާފައިވާ ބިލާއި ބެހޭގޮތުން އެމްޑީޕީގެ މެންބަރުން ހިންގާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި އޯޑިއޯ މެސެޖެއްގައެވެ. 

އިބްރާހީމް ރަޝީދު ވިދާޅޫވެފައިވަނީ: 

އެމްޑީޕީގެ ބޮޑުންކޮޅެއް ނުކުމެ ލާދީނިއްޔަތަށް ތާއީދު ކުރިއަސް އެމްޑީޕީގެ ގިނަމެންބަރުންނަކީ ލާދީނިއްޔަތަށް ތާއީދު ކުރާ ބައެއްނޫން. ދިވެހިރާއްޖޭގަ އޮންނަންޖެހޭނީ އިސްލާމްދީން ކަމާއި މުސްލިމުންގެ ގޮތުގައި އުޅެން ބޭނުންވާ ބައެއް، ގިނަ އެމްޑީޕީ މެންބަރުންނަކީ. މިއާއި ޚިލާފަށް އެމްޑީޕީގެ ވެރިންގެ ތެރޭގަ، ޚާއްޞަކޮށް އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި މިހާރު އެތިބަ މީހުންގެ ތެރޭގަ ގިނައީ ހުސް ލާދީނިއްޔަތަށް ސަޕޯޓުކުރާ ލާދީނީ މީހުން. 

އެމީހުންގެ އެޖެންޑާ މިހާރު ފަތުރަމުން އެގެންދަނީ. އެމްޑީޕީ ތެރޭގަ ވަކި ޢާއިލާއެއް ނިކުމެ ދިވެހިރާއްޖޭގައި އޮތް އިސްލާމްދީން ފޮހެލަން މީގެ ކުރީ ދައުރުގަވެސް މަސައްކަތް ކުރި، މިދައުރުގަވެސް މަސައްކަތް ކުރަމުން އެގެންދަނީ. މި ޙަޤީޤަތްތައް ފޮރުވާ އެމްޑީޕީގެ ރޫޙާނީ ލީޑަރުން އުފައްދައިގެން ނުކުމެ ރަންތިރީސް އަހަރުގެ ސަނާ ކިޔަމުން ދިޔައަކަސް އެކަމެއް މިހާރަކު ރައްޔިތުން ބަލައެއް ނުގަންނާނެ.  

ތިލާދީނީ ބިލްގެ މަހްފޫމަށް ބަލާއިރުގަ، ދީނީ ޢިލްމުވެރިޔަކަށް ލާދީނިއްޔަތަށް ސަޕޯޓުކޮށް ލާދީނީ މީހަކު ކިޔާ އެއްވެސް އެއްޗަކާ ދޭތެރޭގަ ބަސް ބުނުމުގެ އިޚްތިޔާރު ލިބިގެނެއް ނުވޭ. މިއަދު މިހާރުވެސް ސަރުކާރުގަ ހުށަހެޅިފައިހުރި މައްސަލަތަކާ، ސަރުކާރަށް ހުށަހަޅާފައިވާ މައްސަލަތަކާ އަދި ލާދީނީ މީހުން ފަތުރާ ޕްރޮޕަގެންޑާ ސޯޝަލް މީޑިއާގައާއި އެމްޑީޕީ ތެރެއިން ފަތުރާ ލާދީނީ ޕްރޮޕަގެންޑާ ތަކާއި، މިހުރިހާ ކަމެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ރައްޔިތުން ކެނޑިނޭޅި ހުށަހަޅަމުން ދާއިރުގައިވެސް އެމައްސަލަތައް ބަލާލާނެ މީހަކުވެސް އެމްޑީޕީ ސަރުކާރުގައި ނެތޭ. 

މިފެންވަރަށް ގޮއްސަ އަނެއްކާ ލާދީނީ މީހުން އެދައްކާ ވާހަކައާއި ދެކޮޅަށް އަގައިން ބުނާމީހާގެ އަނގަމަތީގައި ޓޭޕްއަޅާ، ހައްޔަރުކުރަން، ޖަލައްލާން ބޮޑެތިސިންގާ ޤާނޫނު ފާސްކުރިއަކަސް އެކަމެއް ނުކުރެވޭނެ. ދިވެހި މުޖުތަމާގައި އޮންނާނީ އިސްލާމް ދީން، އެމްޑީޕީ ރުހުނަސް ނުރުހުނަސް ދިވެހިރާއްޖެއަކުން އިސްލާމްދީނެއް ފޮހެއެއް ނުލެވޭނެ. އެމްޑީޕީގެ މަސައްކަތުން ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން މީހުން ތަކެއް އުފަން ކުރެވިދާނެ، ޢާއިލާތަކެއްގެ ތެރޭގައި އެކަހަލަ ލާދީނީ މީހުންތަކެއް ބްރޭންވޮޝް ކޮށްލެވިދާނެ. މީ އެމްޑީޕީ އަށް ކުރެވިދާނެ ކަންތައްތައް.

މިއަދު އޮންލައިން