މަސްޖިދުއްނަބަވީގައި 50 އަހަރު ޤުރުއާން ކިޔަވަން އިން މީހާ ނިޔާވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
މަސްޖިދުއްނަބަވީގައި 50 އަހަރު ޤުރުއާން ކިޔަވަން އިން މީހާ ނިޔާވެއްޖެ

މަސްޖިދުއްނަބަވީގައި ގިނަ ވަގުތު ހޭދަކޮށް ޤުރުއާން ކިޔަވަން އިންނަ މީހާ ނިޔާވެއްޖެއެވެ. މުޙުޔިއްދީން ޙަފީޒުﷲ ނިޔައުވީ މިދިޔަ ހުކުރު ދުވަހު ހުކުރު ވަގުތުގައެވެ. އޭނާގެ މައްޗަށް ފަތިސްނަމާދަށް ފަހު ކަށު ނަމާދުކުރުމަށްފަހު ވަޅުލީ ޖަންނަތުލްބަޤީޤުގައެވެ.

ޙަފީޒުﷲއަކީ އެކަނި އުޅުނު މީހެކެވެ. އޭނާގެ އައުލާދުންނެއް އަނބިންނެއް ނުތިބެއެވެ. ހެޔޮ އެދޭ ފަރާތަކުން އޭނާއަށް ދީފައިވާ ކޮޓަރިއެއްގައި އެކަހެރިކަމާއެކު އޭނާ މަދީނާގައި ދިރިއުޅުނެވެ.

ހުރިހައި ވަގުތެއްގައި ހުރިހައި ނަމާދެއްގައިވެސް އޭނާ ހުންނާނީ މަސްޖިދުއްނަބަވީގައެވެ. މަސްޖިދުއްނަބަވީގައި އޭނާ 50 އަހަރު މެދު ނުކެނޑި ހޭދަކޮށްފައިވާ ކަން އެމިސްކިތުގެ ތާރީޚާބެހޭ ގޮތުން ވާހަކަ ދައްކާ މީހުން ބުނެއެވެ.

އޭނާ ނިޔައުވުމުގެ ޚަބަރު، ޓުއިޓާގައި މީހުން އަނބުރާން ފެށުމުން، ސައޫދީ އަރަބިއްޔާގައި ޙަފީޒުﷲ ދަންނަ ގިނަ ބަޔަކު ވަނީ އޭނާއަށް ތަޢްޒިޔާ ކިޔައި ހެޔޮ ދުޢާ ކޮށްފައެވެ.

ޙަފީޒުﷲ ބުނި ގޮތުގައި އޭނާ އަކީ އިމާމް ބުޚާރީގެ އުފަން ވަޒަން ބުޚާރާގެ މީހެކެވެ. އޭނާ ޒާމާނުއްސުރެން މަދީނާގައި މުގީވެ ހުރީއެވެ. 

މިއަދު އޮންލައިން