ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ވެހިކަލްތައް އެތެރެކޮށްފައިވުމާއި އަދި މިހާރުވެސް އެއްވެސް އިމެއް، ކޮންޓްރޯލެއް ނެތި ވެހިކަލްތައް އިތުރުކުރަމުން ގެންދާތީ މާލެ މިވަނީ ވެހިކަލްތަކުން ތޮއްޖެހި ބާރުވެފައެވެ. ކިރިޔާވެސް ޙައްލެއް ލިބެން އޮތީ ޓްރެފިކް ފުލުހުން އެކަމަށް މަސައްކަތްކޮށްދީގެންނެވެ.

ލޮބުވެތި ފުލުހުންނޭވެ! ފުލުހުންގެ ބައެއް އިސްބޭކަލުންގެ އާއި ވަޒީރުންނާއި އެތައް ޢިއްޒަތްތެރިން ކޮންމެ ދުވަހަކުހެން ޕޭމަންޓަށް އަރުވައިގެން ޕާކްކޮށްގެން ތިބެއެވެ. އެކަމުގެ ސަބަބުން މަގުބަންދުވެ އެތައް ބައަކަށް އުނދަގޫވެއެވެ. ސިގްނަލް ދީގެން މަޑުކޮށްގެން އޮތުމަކީ މަގުން ގެއްލޭ ޖާގަ ފުޅައުވާނެ ކަމެއް ނޫނެއްނޫންތޯއެވެ.
ސުވާލަކި މާވެޔޮމަގުގައި މިހައި ގިނައިން މިފަދަ ކަންކަން ހިނގަނީ އެއީ ފުލުހުން ނުދުއްވާ މަގަކީތޯއެވެ؟
ޚާއްޞަކޮށް މާވެޔޮމަގަކީ އެކަމުގެ މައިޖަގަހައެވެ.
އެމްޕީއެލް ކޮށި ކުރުމަތި މިއަދުވެސް މާބޮޑު ތަފާތެއް ނެތެވެ. ޑަބަލް ލައިން ބުނެދެނީ އެންމެ ކަމެކެވެ. އެއީ އޭޑީކޭއަށް ވަންނަންދާ މީހުންނަށް ކިތަންމެ ވަރަކަށް ޖާގަ ދަތިވިނަމަވެސް ވީޓީވީ އާ ދިމާއިން ކަންމަތީގައި ބަހައްޓައިފިނަމަ ސްޓިކާ ވަގުތުން ޖަހާނެ ކަމާއި ޞިއްޙީ ފަރުވާ ހޯދަންދާ މީހުންނަށް މުހިންމީ އޮފީސްތަކުން ޚިދުމަތް ހޯދަން އަންނަ މީހުންކަމެވެ.

މިކަންކަން ނުބެލެހެއްޓުނު ނަމަވެސް މަޖިބީދީމަގުން ޖަންބުގަސްދޮށުގޭ ކަންމަޓީގައި ބަހައްޓާ ވަކި ސައިކަލެއްގައި އަޅައިގަތް ގޮތަށް ނުނެއްޓެވި ކޮންމެ ދުވަހަކު ސްޓިކާޖަހަނީ އެއީ ޤަވާއިދާއި ޚިލާފްވެގެން ޖަހާ ސްޓިކާއެއް ނަމަ ޖަހަން ޖެހޭ އިތުރު ސައިކަލްތައް ހުންނައިރު ވެސް ހަމައެކަނި ވަކި ސައިކަލެއްގައި އަޅައިގަނެގެން ޖަހާ އުޞޫލުންނެވެ.

އެ ސްޓިކާ ޖެހިވަގުތު ހަމަ އެ ސަރަހައްދާއި ދާދި ގާތުގައި އޮތް މި ޒެބްރާކްރޮސްވެސް ފުލުހުންގެ ރާޑަރަކަށް ނޭރިއެވެ. އެރީ މުޅި ސަރަހައްދުންވެސް އަރުވަން ބޭނުންވި ސައިކަލެވެ.

މާލެ ސިޓީގެ މަގުތަކުގެ ޙާލަތު މިގޮތަށް އޮތްއިރު ޤަވާއިދަށް އަޅުވަން ކުރަންޖެހޭ ކަންކަން ކުރުމުގައި އެއްލޮލުން ބަލައިގެންނާއި ހަމައެކަނި ވަކި މީހަކުގެ ސައިކަލުގައި އަޅައިގަނެގެން ފަހަތުން ދުވުމަށްވުރެ ޒިންމާދާރުކަމާއިއެކު މަސައްކަތްކުރަން ފުލުހުން އަދިވެސް ނުވަނީތޯއެވެ؟