މާދަމައިން ފެށިގެން އަންނަމަހުގެ ފުރަތަމަ ދުވަހާ ހަމައަށް ބީއެމްއެލްގެ މަސައްކަތު ގަޑިތަކަށް ހާމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
މާދަމައިން ފެށިގެން އަންނަމަހުގެ ފުރަތަމަ ދުވަހާ ހަމައަށް ބީއެމްއެލްގެ މަސައްކަތު ގަޑިތަކަށް ހާމަކޮށްފި

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރައްވާފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްދިނުމަށްޓަކައި 27 ޖޫން އިން ފެށިގެން1  ޖުލައި 2021 އާ ހަމަޔަށް ބީއެމްއެލްގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ބީއެމްއެލްގ އިން ބުނެފައިވަނި ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް މި މުއްދަތުގައި ބަންދުވާނެ ކަމަށާއި ނަމަވެސް ކާޑު ދޫކުރުމަށް ކަަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ.

އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް ކާޑު ދޫކުރަމުގެ ހިދުމަތްދެމުންދާއިރު އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗްވެސް ހޯމަ، އަންގާރަ އަދު ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ހުޅުވުމަށް ހަމަޖެހިފައިވެއެވެ.  

މީގެ އިތުރުން ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ. މި ގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެއެވެ.

ކަސްޓަމަރުންނަށް ހިދުމަތް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި (ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާއިރު މީގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނެއެވެ.

އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެެ.

މިއަދު އޮންލައިން