މާލެސިޓީގެ މިސްކިތްތަކުގައި މިހާރުކުރާ ޖަމާއަތުގެ ނަމާދުން ގިނަ ބައަކު ދެކެން އެންމެ ބޭނުންވި ބޭފުޅުން ޖަމާޢަތުން ފެންނަން ފަށައިފިއެވެ. އަލްޙަމްދުލިﷲ
މީގެކުރިން އެފަދަ ބައެއް ބޭފުޅުން ނަމާދުކުރެއްވެވީ މާސްކް އަޅުއްވައި ގިނަ ބައަކަށް އެއީ ކޮންބައެއްކަން ނުއެނގޭ ގޮތަށް ނަމަވެސް މިރޭ މާލެ ސިޓީގެ މިސްކިތަކުން އެފަދަ ބައެއް ބޭފުޅުން ފެނިފައިވަނީ މާސްކް ވެސް ނެތި ހާމައަށްކަން ފާހަގަކުރެވުނެވެ.
މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރާތީ ކަންބޮޑުވުން ފައުޅުކުރައްވައި އިސްލާމިކް މިނިސްޓަރު ބައެއް ނޫސްތަކަށް ބަޔާން ދެއްވަވައިފައެވެ.
ﷲ ތަޢާލާ އެކަލާނގެ ދީނަށް ނަޞްރު ދެއްވަވައި މަތިވެރިކުރައްވަވާނެތެވެ. އެއީ އެއްވެސް މީހަކަށް ހުއްޓުވޭނެ ކަމެއް ނޫނެވެ.