ޙަޤީޤީ ޙާދިސާ: ކުށެއް ނެތް އަނބިމީހާ ރޮއްވައި ގެއިން ބޭރުކޮށްލި ފިރިއަކަށް ހަތަރެސްފައިން ރޯންޖެހުނު ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ޙަޤީޤީ ޙާދިސާ: ކުށެއް ނެތް އަނބިމީހާ ރޮއްވައި ގެއިން ބޭރުކޮށްލި ފިރިއަކަށް ހަތަރެސްފައިން ރޯންޖެހުނު ގޮތުގެ ވާހަކަ!

މިއީ ހަމަ ދާދިފަހުން މާލޭގައި ހިނގައިދިއަ ކަމެކެވެ. އެއީ އަވަށްޓެރިން ކަމުގައިވާތީ އަޅުގަނޑަށް ވަރަށް ގާތުން އެނގި ޔަޤީންކުރެވޭކަމެކެވެ. 

ފުރަތަމަ ކައިވެނީގައިވެސް ދެމީހުން ދިރިއުޅުނީ ހަމަ އުފަލުގައެވެ. ވަރަށް އެކުގައެވެ. ކައިވެންޏަށް 2 ފިރިހެންދަރިންވެސް ލިބުނެވެ. އެހިސާބުން ފިރިމީހާގެ ސަމާލުކަމަށް އައީ އަވަށްޓެރި ގެއެއްގައި ހުންނަން ރާއްޖެތެރެއިން އައި އަންހެނެކެވެ. އޭނާ ފެނުމުން އަނބިމީހާ ވަރިކޮށްލައި ގެއިން ފޮނުވާލުމަށްފަހު އޭނާ އާއި ކައިވެނިކުރިއެވެ. 

ކައިވެނީގައި 19 އަހަރުވިއެވެ. 2 އަންހެންދަރިންވެސް ލިބުނެވެ. އެ އަންހެން މީހާއަކީ ވަރަށް ތަޤްވާވެރި، ހިތްހެޔޮ ރަނގަޅު އަންހެނެކެވެ. އެހެންކަމުން ދެމަފރިން އުޅެމުން އައީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. އެކަން ހުރިހާ އަވަށްޓެރިންނަށް ވެސް ފާފަހަކުރެވުނެވެ.

ކައވެންޏަށް 19 އަހަރުގަ ފިރިމީހާ ބޭނުންވީ 2 އަންތބަށް ކައިވެނިކުރުމަށެވެ. ފުރަތަމަ ކައިވެނިކުރި އަނބިމީހާ އާއިއެވެ. އެކަމަށް އަނބިމީހާ ނުޤަބޫލުވުމުން ރޮއްވާފައި ކައިވެނިކޮށް ގެއަށް ގެނެސް ދެއަނބިން އެއްގޭގައި ގެންގުޅެން ފެށިއެވެ. އެއުމުރުގެ ދެމަފިރިން ފައުޅުގައި އުޅެންވާރަށްވުރެ މާޒުވާން ދިރިއުޅުމެވެ. 

އެކަންކަމަށް ކެތް ނުކުރެވިގެން އެއިރުގެ ދޮށީ އަނބިމީހާ (ފިރިހެން މީހާ ދެވަނައަށް ކައިވެނިކުރި ރާއްޖެތެޜޭ އަންހެން މީހާ) ވަރިވެ ގެއިން ނުކުމެގެން ގޮސް ހެޔޮލަފާ ޞާލިޙް ފިރިހެނަކު ލިބުމުން ކައިވެނިކޮށްގެން ދިރިއުޅެން ފެށީއެވެ.  

ކުޑަދުވަސްކޮޅެއްފަހުން އެއްދުވަހެކެވެ. ފިރިމީހާ ޑިޔުޓީގައި އުޅެފައި ތަންކޮޅެއް އަވަހަށް ގެއަށް އާދެވުނު ދުވަހެކެވެ. ގެއަށްވަދެ ކޮޓަރީގެ ދޮރު ހުޅުވައިލުމުން ފެނުނީ އިންސާނަކަށް އެންމެ އަސަރުކުރާނެ މަންޒަރެވެ. އަމިއްލަ އަނބިމީހާ އާއި އަމިއްލަ ދަރިފުޅު އެންމެ ބޮޑު ގުޅުން ހިންގާ މަންޒަރެވެ. 

މަންޒަރުގެ ގޮތުން ލޮލުން ބަލާކަށްވެސް ނުކެރުނެވެ. ކަންކުރި ދެމީހުންގެ ގޮތުން ބަހެއް ބުނާކަށްވެސް ނުކެރުނެވެ. މަޑުމަޑުން ދޮރުލައްޕާފައި ގެއިން ނުކުމެގެން ދިއައީއެވެ. އެހިސާބުން އެކައިވެނިވެސް ނިމުނީއެވެ. 

އަޅުގަނޑަކީވެސް އަންހެނެކެވެ. ދެވަނަ އަނބިމީހާ ހިތްދަތިކަމުގައި ދިރިއުޅުނު ޙާލުވެސްދުށީމެވެ. ގޭގައި ބާކީކޮށްލާފައި ހުރި ދުވަސްތަކުގައި ލޮލުން ފޭބި ކަރުނަތައްވެސް ދުށީމެވެ. ރުއިރުއިންވެސް އަޑުއެހީމެވެ. ގެއިން ނުކުތްދުވަހު ކޮށްފައި ހުރި އަސަރުވެސް ދުށީމެވެ. އަދި 3 ވަނަ ކައިވެނީގައި އެގޮތަސް ކަންކަން މެދުވެރިވުމުން ފިރިމީހާއަށް ކޮށްފައި ހުރި އަސަރާއި ލިބިފައިހުރި ހިތްދަތިކަންވެސް ވަރަށް ގާތުން ދުށީމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ ފިރިހެނުންގެ އަތުގައި ބާރު އޮތުމުން، އަދި އުޅޭނެ އަމިއްލަ ގެދޮރު ހުރުމުން އެއީ ބާބޮޑުބާރުތަކެއް ލިބިފައިވުންކަމަށް ދެކެގެން ނިކަމެތި އަންހެނުން ހިތުގައި ޖައްސާފައި އުފަލުގައި ދިރިއުޅެވޭނެ ކަމަށް ހީވެސް ނުކުރާށެވެ! އަނިޔާވެރިވެ ހިތްދަތިކަން ދިނުމުން އަނިޔާ ލިބޭ ރޯ ރުއިމުގެ އަޑު ﷲ ތަޢަލާ އައްސަވައިވޮޑިގެންވާކަން ހަނދާންކުރާށެވެ! އޮހޮރާ ކަރުނަ ދެކެ ދެނެވޮޑިގެންވާކަން ޤަބޫލުކުރާށެވެ! ޤަބޫލުކުރިނަމަވެސް ނުކުރިނަމަވެސް އެކަންކަން ތިމާ އާއި އަރައި ހަމަކުރާނެއެވެ. 

- އުޚުތާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން