ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއި އެކު އެގްރިމަންޓުގައި ސޮއި ކުރަން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއި އެކު އެގްރިމަންޓުގައި ސޮއި ކުރަން ފަށައިފި

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 6720 ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމާގުޅިގެން އެޗްޑީސީން ބުނެފައިވަނީ ހުރަވީ ސްކޫލުގައި އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ކުރެވެމުން ދާއިރު، މިހާރު ތާވަލު ކުރެވިފައިވަނީ ޓަވަރުތައް އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށްކަމަށާއި މިގޮތުން، މިއަދު ވަނީ H9 ޓަވަރުން ފުލެޓު ލިބުން ފަރާތްތަކާއި އެކު އެގްރިމަންޓުގައި ސޮއި ކުރަން ފަށާފަ ކަމަށެވެ.

ސޮއި ކުރުމުގެ މަސައްކަތް 14 ޖުލައި އިން ފެށިގެން 15 އޮގަސްޓަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ބޭފުޅުކުވެސް އެގްރިމަންޓުގައި ސޮއި ކުރުމުން ޔުނިޓުގެ ތަޅުދަނޑި ހަވާލުކުރެވިގެންދާނެއެވެ. މިއީ، ގިނަ އަދަދެއްގެ ރައްޔިތުންތަކަކާއި ގުޅިފައިވާ ކަމަކަށް ވެފައި ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއި އެކު ސޮއި ކުރުމުގެ ކަންކަން ރޭވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން މަޢޫލޫމާތު ބަދަލުވެފައިވާ ފަރާތްތަކަށް މައޫލޫމާތު ބަދަލު ކުރުމުގެ ފުރުޞަތު ވަނީ ހިޔާ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާ ކުރިއަށް ގެންދެވިފައެވެ.

މިގޮތުން މިއަދު ވަނީ 118 ފަރާތެއްގެ ސޮއި ކުރުން ކުރިއަށް ގެންދެވިފައެވެ. މި 118 ފަރާތަކީ 12 ވަނަ ދުވަހުގެ މެންދުރުފަހާއި ހަމައަށް މި ކުންފުންޏަށް މަޢޫލޫމާތު ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން H9 ކެޓަގަރީން ހޮވިފައިވާ ފަރާތްތަކެވެ. އަދި އެއްވެސް ހާލަތެއް ދިމާވެގެން ފޯމު ހުށަހެޅުން ލަސްވެފައިވާ ފަރާތްތަކަށް ފަހުން ވަކި ތާރީޙެއްގައި ސޮއި ކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން