ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުންނާ އެމްޑީޕީގެ ރައީސް ކަމުން މިހާރުން މިހާރަށް ވަކިކުރަން ޝުޢައިބް ގޮވާލައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުންނާ އެމްޑީޕީގެ ރައީސް ކަމުން މިހާރުން މިހާރަށް ވަކިކުރަން ޝުޢައިބް ގޮވާލައްވައިފި

ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުންނާ އެމްޑީޕީގެ ރައީސް ކަމުން މިހާރުން މިހާރަށް ވަކިކުރަން އެމްޑީޕީގެ އިސްމެންބަރުންގެތެރޭގައި ހިމެނިވަޑައިގަންނަވާ ފުރަހަނި ޝުޢައިބް ގޮވާލައްވައިފިއެވެ. 

ޝުޢައިބް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް ކަމުނުދާ މީހަކަށް އެމްޑީޕީގެ ރައީސް ކަމުގައި ހުރެވިގެން ނުވާނެކަމަށާއި ސަރުކާރުގައި މައްސަލައެއް ހުރިނަމަވެސް އެކަން ރަނގަލުކުރަންކުރަން ނުކުންނަން ޖެހޭނީ ސަރުކާރާ ދެކޮޅަށް ބަޣާވާތް އިއުލާނުކުރާ އުޞޫލުން ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ރައީސަކީ އެމްޑީޕީގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ މީހަކަށްވެގެން ނުވާނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތީވެސް އެމްޑީޕީގެ ސަބަބުން ކަމަށެވެ. 

"އެހެންވީމާ 2 މަޤާމުގެވެސް އަހުލިއްޔަތު މިވަނީ ރައީސް ނަޝީދަށް ގެއްލިފަ. ވީމާ މިހާރު އޮތް ހަމައެކަނި ގޮތަކީ 2 މަޤާމުންވެސް ރައީސް ނަޝީދު ދުރުކުރުން." ޝުޢައިބް ވިދާޅުވިއެވެ. 

އެމްޑީޕީ އުފެއްދި ބާނީން ތެރޭގައި ހިމެނިވަޑައިގަންނަވާ ޝުޢައިބް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު، ޝުޢައިބް މިފަދަ ބަސްފުޅުތައް ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅުވަޅާ ކޮމިިޓީން މިހާރުވަނީ ޝުޢައިބް ޕާޓީން ވަކިކުރަން ނިންމައިފައެވެ. ޝުޢައިބް ވިދާޅުވީ އެކަން އިސްތިޢްނާފްކުރައްވާނެ ކަމަށެވެ. ޕާޓީން ވަކިކުރެވޭނީ އިސްތިޢްނާފް މަރުޙަލާ ނިމުމުންނެވެ. 

ޑިމޮކްރަސީ ރާއްޖެ ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރީ އެމްޑީޕީން ކަމަށް އެޕާޓީން ދަނީ ވަކާލާތުކުރަމުންނެވެ.

މިއަދު އޮންލައިން