މާލޭ ހުކުރު މިސްކިތް ޔޯގާ ސެންޓަރަކަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
މާލޭ ހުކުރު މިސްކިތް ޔޯގާ ސެންޓަރަކަށް!

މާލޭ ހުކުރު މިސްކިތް ޔޯގާ ސެންޓަރަކަށް ބަދަލުވީއެވެ. އެތަނުގެ ބޭރުގައި ސެކިޔުރިޓީ ގާޑުން ތިބޭތަންވެސް ފެނުނެވެ. މިކަން ހިންގިއިރު އެމީހުން ވީތަނެއް ނުއެނގެއެވެ. 

ސަރުކާރަށް ކުރެވޭނެ ކަމެއް އަދި ބުނެވޭނެ އެއްޗެއް ނެތިދާނެއެވެ. ހުކުރު މިސްކިތް މަރާމާތުކުރެވެނީ އިންޑިއާގެ އެހީތެރިކަން ލިބިއްޖެނަމަ ކަމަށް މިހާރު ހަދާފައިވާތީއެވެ. 

ނަމަވެސް ރައްޔިތުން ބުނާނެ އެއްޗެއްސާއި ރައްޔިތުންނަށް ކުރެވޭނެ ކަންކަން އެބަހުއްޓެވެ. މިޙާލަތުން ދިވެހި ޤައުމާއި މިސްކިތްތައް ސަލާމަތްކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ރައްޔިތުންނަށް ލިބިގެންވެއެވެ. 

ދުޢާއަކީ ސައްތައިން ސައްތަ މުސްލިމް ގޮތުގައި ޜާއްޖެ ލެހެއްޓެވުމެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ނަގާލައި އެއްދީން ވަންތަކަންން ނަގާލަން އުޅޭ މީހުންގެ ކިބައިންނާއި މިސްކިތްތަކުގެ ޙުރުމަތް ކަނޑަން ފުރުޞަތުދޭ ފަރާތްތައް ހުރިހާ ގޮތަކުން ނިކަމެތިކުރެއްވެވުމެވެ. އާމީން

މިއަދު އޮންލައިން