މި 3 މައްސަލަ ޙައްލުނުކޮށް ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރެވިދާނެތޯއެވެ؟ ހުރި ކަންބޮޑުވުންތައް ފިލުވާލެވިދާނެތޯއެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
މި 3 މައްސަލަ ޙައްލުނުކޮށް ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރެވިދާނެތޯއެވެ؟ ހުރި ކަންބޮޑުވުންތައް ފިލުވާލެވިދާނެތޯއެވެ؟

ދިވެހިރާއްޖޭގެ ހުރިހާ ކަންކަން ހިންގަނީ ޤާނޫނު އަސާސީއެއްގެދަށުންނެވެ. އެޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެ މުހިންމު ދެކަމަކީ ދިވެހިރައްޔިތަކަށްވެވޭނީ މުސްލިމުންނަށް ކަމަށާއި ޤާނޫނުއަސާސީއަށް އެންމެންވެސް ބޯލަނބަންޖެހޭނެ ކަމެވެ. ކޮންމެ ރައްޔިތަކުވެސް ފުރިހަމައަށް ދިވެހި ދައުލަތުގެ ޤާނޫނުއަސާސީ އާއި ދިވެހި ދައުލަތް ޤަބޫލުކުރަންޖެހޭނެ ކަމެވެ. 

ކަންއޮތީ މިހެން ނަމަވެސް އެއްބައަކު (މަދު ބައަކު ނަމަވެސް) މިބުނަނީ އެމީހުން އިސްލާމް ދީން ޤަބޫލުނުކުރާ ކަމަށެވެ. އަނެއްބައަކު މިބުނަނީ އެމީހުން ދިވެހި ދައުލަތް ޤަބޫލުނުކުރާ ކަމަށެވެ. އަނެއބައަކު އިސްލާމުން ކަމަށް ބުނަމުން އިސްލާމް ދީން ޤަބޫލުނުކުރަން ހިތްވަރުދެނީއެވެ. 

މަޖިލީހުން ބުނަނީ ﷲ ތައާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަށްވުރެ މާމޮޅަށް ޤާނޫނުތައް ހަދަން އެނގޭކަމަށެވެ. (އެކަން އެނގެނީ ޤުރްއާނުގައި ބަޔާންވެގެންވާ ޙުކުމްފުޅުތަކާއި ޚިލާފަށް ޤާނޫނުތައް ހަދާފައިވާތީއެވެ.) 

އަޅުގަނޑުގެ ސުވާލަކީ މި 3 ކަންތަކަށް ކަންބޮޑުނުވެ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރާނީ ކިހިނަކުންތޯއެވެ؟ މި 3 ކަންތަކުން އެންމެ ކަމެއްވެސް ދޫކޮށްލައިގެން ޤައުމުގައި ހުރި ކަންބޮޑުވުންތައް ފިލުވާލެވިދާނެތޯއެވެ؟ 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން