އަދަދު ނެނގޭހާ ގިނަ ބޭރުޤައުމުތަކުގެ ސިފައިން ތިބުމުން ވެސް މިތިބީ މިނިވަންކަމުގައި ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަދަދު ނެނގޭހާ ގިނަ ބޭރުޤައުމުތަކުގެ ސިފައިން ތިބުމުން ވެސް މިތިބީ މިނިވަންކަމުގައި ހެއްޔެވެ؟

ރާއްޖޭގައި މިހާރު ތިބި ޑައާނާގެ ލަޝްކަރު ހިމެނޭ ގޮތުން ބޭރު ޤައުމުތަކުގެ ސިފައިންގެ ޢަދަދު ހާމަކުރަން ޑިފެންސް މިނިސްޓްރީން ވަނީ ދެކޮޅުހަދައިފައެވެ. އަދި މިހާރުވެސް ދަނީ ދެކޮޅު ހަދަމުންނެވެ. ވީމާ އެއީ ކިތައް ސަތޭކަކަން ނުވަތަ ކިތައް ހާސްކަން ވަނީ ނުއެނގުމެއްގެ ތެރޭގައެވެ. 

ސުވާލަކީ މިނިވަންދުވަސް ފާހަގަކުރަން ކަޝްމީރުގެ ކުޑަކުދިން ކަޝްމީރުގެ މަގުތަކަށް ދިދައެއް ހިފައިގެން ނުކުތީމާ ކަޝްމީރުގެ ރައްޔިތުން ތިބީ މިނިވަންކަމުގައި ހެއްޔެވެ؟ 

ހަމަ ގައިމުވެސް ބޭރު ޤައުމުތަކުގެ ސިފައިން ރާއްޖޭގައި ޙަރަކާތްތެރިވާތީ މިނިވަން ދުވަހުގެ އިޙްޞާޞްތައް އަޅުގަނޑަށް ނުކުރާތާ 3 އަހަރުވީއެވެ. މިއަހަރު ހަމަ އެއްވެސް ވަރަކަށް ނުކުރެއެވެ. އެއީ 400 އަހަރުން މަލިކަށް ޖެހުނު ޙާލަށްވުރެ ނުރައްކާތެރި ޙާލަތު ރާއްޖެއަށް ޚާއްޞަކޮށް ބޮޑުތިލަދުންމައްޗަށާއި އައްޑޫ ސިޓީއަށް ކުރިއަށް އޮތް 5 އަހަރުތެރޭގައި ކުރިމަތިވާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީއެވެ.  

މަލިކުގައި އަދިވެސް އިންޑިއާ ސިފައިންނަށް މަގުތަކުގައި ފުޅިހިފައިގެން ދުވެ ބޮއެ ނުހެދެއެވެ. އެހެންވެ މިހާރު އެއުޅެނީ އެކަންކަން ހުއްދަކުރާށެވެ. ނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޕޯޗުގީޒުންގެ ދުވަސްވަރު އެމީހުން މާލެ ހިފައިގެންތިބި ދުވަސްވަރާއި އެއްވެސް ތަފާތެއް ނެތި ކަންކަން ހިނގަމުންދާކަން މިހާރުވެސް ވަނީ ސާބިތުވެފައެވެ. އެކަމަށް ގިނަ ބައަކު ކަންބޮޑުވުންވެސް ފައުޅުކުރެއެވެ. ނެތީ އެކަންކަމަށް ކަންބޮޑުވެވޭނެ ފެންވަރުހުރި ވެރިންނެވެ.

މިއަދު އޮންލައިން