ކްލައުސް އަކީ އެމެރިކާގައި ދިރިއުޅޭ މިލިއަނަރެކެވެ. ޔޫއޭއީއަށް އައިސް އުޅެމުން ގޭގެ ހާލު ބަލާލަން ގޭ ނަންބަރަށް ގުޅުމުން ފޯނު ނެގީ 4 އަހަރުގެ އަންހެން ދަރިފުޅެވެ. ކުޑައިރުކޮޅަކު ވާހަކަ ދައްކާލާފައި މަންމަ ކޮބައިތޯ ސުވާލުކުރުމުން ބުނީ ރިޗަރޑް ބޮޑުބޭބެ އާއިއެކު ބައްޕަ ނިދާކޮޓަރީގައިކަމަށެވެ.
ކްލައުސްއަށް މިހިނގާ ކަންކަން ވިސްނުމުން ބުންޏެވެ. "ދަރިފުޅާއެވެ. "0772" ޖެހީމާ ދޮރުފަތް ހުޅުވޭނެއެވެ. ދޮރުފަތް ހުޅުވާފައި 3 މިނިޓް ތެރޭ ބައްޕަ ގެއަށް ވަންނާނެކަމަށް ބުނާށެވެ! ފޯނުކަނޑާނުލާށެވެ. ވީގޮތާ ފެނުނުކަންކަން ބައްޕައަށް ކިޔައިދޭށެވެ."
ބައްޕަ ބުނި ގޮތަށް ކަންކަން ކުރުމަށްފަހު ދަރިފުޅު ކިޔައިދޭން ފެށިއެވެ. "ބައްޕަ އަންނަ ޥާހަކަ ބުނާއިރަށް މަންމަ އެނދުން ފުންމާލައިފިއެވެ. މަންމަ ހުރީ ހެދުންވެސް ނުލައެވެ. ބައްޕަ ދެކެ ވާލޯބިން އަވަހަށް ބައްދާލަންވެގެން ދުއްވައިގަތްތަނާ ދޮރުކަނީގައި ބޯޖެހިފައި ވެއްޓުނު ގޮތަށް ވާހަކައެއް ނުދައްކައެވެ.
ރިޗަޑް ބޮޑުބޭބެ ވެސް އަވަސް އަވަހަށް އެނދުން ފުންމައިލިއެވެ. ބޮޑުބޭބެވެސް ހުރީ ހެދުމެއް ނުލައެވެ. ބާރަށް ދުވެފައި ގޮސް ކުޑަދޮރަކުން ސްވިމިންގ ޕޫލަށް ފުންމާލައިފިއެވެ. އެކަމަކު ޕޫލުގަ ޖެހުމުން ފެން ބޮކި އަރާތަނެއް ނުފެނުނެވެ."
އެވަގުތު މިލިއަނަށް ބުނެލެވުނެވެ. "ހާދަ ދެރައެވެ! މަސައްކަތެއް ކުރަންވެގެން ޕޫލުން ހުންނާނީ ފެންހުސްކޮށްފައެވެ."
"(މިވާހަކަކޮޅު އަޅުގަނޑާ ހިއްޞާކުރީ ރައްޓެއްސެކެވެ. އެފްބީޕޯސްޓަކުންނެވެ. ޚުލާޞާ ކޮށް ޙިއްޞާކޮށްލި ބޭނުމަކީ އަބަދުހެން އަޑު އިވެނީ ފިރިމިހާއަށް ލިބޭ މިންވަރު މަދުވެގެން ދުނިޔޭގަ އުދުހެން ބޭނުންވެގެން ތަނަވަސް މީހުން ފަހަތުން އަނބިން ދުވާ ވާހަކައެވެ. އަޅުގަނޑަކީވެސް ފަޤީރަކަށްވާތީ އަދި އެކަމުގެ ހިތި ތަޖުރިބާވެސް ގިރާފައި ދިނުމުން ވަރަށް ގިނައިން ބޮއެގެން ހުރިވެސް މީހަކީމެވެ.
ނިކަން ވިދާޅުވެބައްލަވާށެވެ! މިލިއަނަރުގެ އަނބިމާހާ ރިޗަޑް އަންކްލް ކޮޓަރިއަށް ވައްދައިގެން އެކުރިކަމެއް ކުރީ ހަމަ އޭނާގެ ފިރިމީހާ ފަޤީރުކަމުން އޭނާގެ އަތަށް ފައިސާފޮތްޗެއް ލައި ނުދެވޭތީތޯއެވެ؟"
- ޝިފާޒް މުޙައްމަދު/ މިއަދުނޫހުގެ ކިޔުންތެރިއެއް