މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން، ގަލޮޅު ރައްޔިތުންނަށް ޚާޞަކޮށްގެން ބާއްވާ ސިޓީ ކައުންސިލުގެ ބައްދަލުވުން މިރޭ 8.15 ގައި ކުރިން ބާއިންޖީނުގެ ހުރި ބިމުގައި މިހާރު ހަދާފައިވާ ޕާކުގައި އޮންނާނެއެވެ.

މިއީ އިންތިޚާބަކުން ހޮވުމަށްފަހު އަލުން ވޯޓަށް އެދި އާދޭސްކުރަން ޖެހުމުގެ ކުރިން ވަރަށް ނުކުރާ ކަމެކެވެ.
މިރޭގެ ބައްދަލުވުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހުށަހެޅޭނެއެވެ. ކަންކަން އިޞްލާޙްކުރަން ފެންނަ ގޮތުގެ ލަފާ ވެސް ދެވޭނެއެވެ.
މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު މިއަދުނޫހަށް މިއަދު ވިދާޅުވީ މިއީ ސިލްސިލާކޮށް ކުރިއަށް ގެންދަވާނެ ބައްދަލުވުންތަކެއްގެ ފެށުން ކަމަށެވެ.